ކުއްޔަށް ހިފުން
                	
                ނަންބަރު: IAS/MIS/2017/1186
                    ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2017
                    ޕަބްލިޝްކުރި ގަޑި:  14:49
                                            ސުންގަޑި: 
                            25 ޖުލައި 2017 12:00
                        
                    
                އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ހުޅުމާލެއިން އެޕާރޓްމަންޓް ތަކެއް ކުއްޔަށް ހޯދަން
                                މިކުންފުނީގެ ބޭނުންތަކަށް ހުޅުމާލެއިން އެޕާރޓްމަންޓް ތަކެއް ކުއްޔަށް ހޯދަން ބޭނުން ވެއެވެ.
އެޕާރޓްމަންޓް ތަކެއް ކުއްޔަށް ދޫކުރައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް 19 ޖުލައި 2017 ވާ ބުދަ ދުވަހު ހެނދުނު 10:30 ގައި އައިލެންޑް އޭވިއޭޝަން މައި އޮފީސް، މ.ރާވެރިގެ، (މަޖީދީ މަގު) އަށް ވަޑައިގެން ދެއްވުން އެދެމެވެ. މައުލޫމާތު ސާފު ކުރެއްވުމަށް ފަހު އަގު ހުށަހެޅުން 25 ޖުލައި 2017 ވާ އަންގާރަ ދުވަހު 10:30 ގައި މި އޮފީހުގައި އޮންނާނެ ވާހަކަ އާންމުކޮށް އިއުލާން ކުރީމެވެ.
އަގު ހުށަހެޅުއްވޭނީ މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ. އަދި އަގު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އެއްވެސް ޕްރޮޕޯސަލް އެއް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށް ޓަކައި ދެންނެވީމެވެ.
                12 ޖުލައި 2017