މަސައްކަތް
ނަންބަރު: (IUL)147/1/2017/6
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 13:54
ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
ޖުވެނައިލް ކޯޓު ހިންގަމުންދާ ޢިމާރާތުގައި ހުރި ފާޚާނާއެއް ސްޓޯރ ރޫމަކަށް ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 (IUL)147/1/2017/6:ނަންބަރު

                                                      

އިޢުލާނު

 

މިއީ ޖުވެނައިލް ކޯޓުގެ ނަންބަރު 147/1/2017/3(IUL) 21 މޭ 2017 އިޢުލާނު ބާޠިލުކޮށް، އެމަސައްކަތް ކުރުމަށް އަލުން ހުޅުވާލުމަށްޓަކައި ކުރެވޭ އިޢުލާނެވެ.

 

ޖުވެނައިލް ކޯޓު ހިންގަމުންދާ ޢިމާރާތުގައި ހުރި ފާޚާނާއެއް ސްޓޯރ ރޫމަކަށް ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ޖުވެނައިލް ކޯޓު ހިންގަމުންދާ ޢިމާރާތުގައި ހުރި ފާޚާނާއެއް އަމިއްލަ ތަކެތީގައި މަރާމާތުކޮށް ސްޓޯރ ރޫމަކަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 19 ޖުލައި 2017 ވާ ބުދަ ދުވަހުގެ 13:30 އަށް ޖުވެނައިލް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް، މިކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

12 ޖުލައި 2017

 

ޖުވެނައިލް ކޯޓު ހިނގަމުންދާ ޢިމާރާތުގައި ހުރި ފާޚާނާއެއް ސްޓޯރ ރޫމަކަށް ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި

147/1/2017/3(IUL) 12 ޖުލައި 2017 އިޢުލާނާއިބެހޭ މަޢުލޫމާތު ކަރުދާސް

 

މަޢުލޫމާތު:

-        މަރާމާތުކުރަންޖެހޭ ފާޚާނާގެ އަދަދު: 01 (އެކެއް).

-        މާރާމާތުކުރަންޖެހޭ ތަން ހުރި އިމާރާތް: ޖުވެނައިލް ކޯޓު، މ.މާތިލަ / މާލެ

 

ޕޮއިންޓް ދެވޭނެ މިންގަނޑު:

-        އަގު: %70 (ހަތްދިހަ ޕަސެންޓް)

-        މުއްދަތު: %20 (ވިހި ޕަސެންޓް)

-        ތަޖުރިބާ: (ދިހަ ޕަސެންޓް)

12 ޖުލައި 2017