ކުއްޔަށް ދިނުން
ނަންބަރު: (IUL)258/2017/50
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 12:23
ސުންގަޑި: 20 ޖުލައި 2017 00:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތުރު ވީސީއޯ ޕްލާންޓް (ކާށިތެޔޮ ފެކްޓްރީ) ކުއްޔަށް ދޫކުރުމާއިބެހޭ

އުތުރު ވީސީއޯ ޕްލާންޓް (ކާށިތެޔޮ ފެކްޓްރީ) ކުއްޔަށް ދޫކުރުމާއިބެހޭ

 

                   ހދ.ހަނިމާދޫ އުތުރު ވީސީއޯ ޕްލާންޓް( ކާށިތެޔޮ ފެކްޓްރީ) 10 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް ކަނޑައަޅައިފީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 20 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 11.00 އަށް ބިޑް ހުށަހެޅުއްވުންއެދެވެ.  ބިޑް ހުށަހަޅާއިރު ޕެންޝަން ސްކީމަށާއި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާނަމަ، ގަވާއިދުން ފައިސާ ދައްކަމުންގެންދާ ފަރާތެއްކަން އެފަދަ ފަރާތެއް ނޫންނަމަ، ނޫންކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ބިޑްތައް  ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. ބިޑްތައް ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، މި ކައުންސިލުގެ އިދާރާއަށެވެ. ބިޑްތައް ހުށަހަޅުއްވާއިރު ބީލަމުގެ ނަމާއި ނަންބަރު، ހުށަހަޅަން ކަނޑައަޅާފައިވާ ތާރީޚާއި ގަޑިއާއި ހުށަހަޅާ ފަރާތުގެ ނަން ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

12 ޖުލައި 2017