ވަޒީފާގެ ފުރުޞަތު
ނަންބަރު: I-2017/129
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 10:47
ސުންގަޑި: 19 ޖުލައި 2017 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އޮފިސަރ

ވަޒީފާގެ ދާއިރާ:

މެނޭޖިންގ ޑިރެކްޓަރސް ބިއުރޯ

ބޭނުންވާ ޢަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

-/6,300ރ. އާއި -/12,000ރ. އާއިދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

  • ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީ ދާއިރާއިން ނުވަތަ ގްރެފިކްސް ޑިޒައިނިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ؛
  • ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުމާއިއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން  3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ދިވެހި އަދި އިގިރޭސި ބަހުން ފަރިތަކަމާއިއެކީ މުޢާމަލާތްކުރަން އެގުން.

 

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނިން ހިންގާ އެކި އިވެންޓްތަކުގެ ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ ގެ އެންމެހާ ކަންކަން ބެލެހެއްޓުން.
  • ފޮޓޯގްރަފީ އާއިި ވީޑިއޯގްރަފީ އަދި ކޮމްޕިއުޓަރ އެއިޑެޑް ޑިޒައިން ފަދަ މަޤާމާއި ގުޅުންހުރި ހުނަރުތައް ބޭނުންކޮށްގެން ކުންފުންޏަށް ބޭނުންވާ ޕްރޮޑަކްޝަންތައް ތައްޔާރުކުރުން.
  • އިންފޯގްރެފިކްސް އާއި ވީޑިއޯ ސްޕޮޓް ކްރިއޭޝަން ބޭނުންކޮށްގެން ސްޕޮޓްތަކުގެ ސްކްރިޕްޓް ތައްޔާރުކުރުން.
  • ޑިޒައިން އަދި އެޑިޓިންގ ސޮފްޓްވެއަރ (އެޑޯބް އިލަސްޓްރޭޓަރ، ފޮޓޯޝޮޕް، އެޑޯބް ޕްރީމިއަރ ފަދަ ސޮފްޓްވެއަރ) ބޭނުންކޮށްގެން ޕްރެޒެންޓޭޝަން ހެދުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

2017 ޖުލައި 19 ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް، 2017 ޖޫން 19  ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv     ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ކޮށްފައިވާ މަސައްކަތްތަކުގެ ޕޯޓްފޯލިއޯ
  5. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުޞޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް، ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ

 

              18 ޝައްވާލް 1438 

             12 ޖުލައި   2017

 

12 ޖުލައި 2017