ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ. |
|
މަޤާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ނަންބަރު |
J-258922 |
ބޭނުންވާ އަދަދު |
01 (އެކެއް) |
މަޤާމުގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
ޖީ.އެސް.3 |
މަޤާމުގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 |
ޑިވިޝަން / ސެކްޝަން |
އެޑްމިނިސްޓްރޭޝަން ޑިވިޝަން / އޮފީސް އެޑްމިނިސްޓްރޭޝަން |
މަޤާމު އޮތް އޮފީސް |
މިނިސްޓްރީ އޮފް ހެލްތު |
ވަޒީފާ އަދާކުރަންޖެހޭ ތަން |
މިނިސްޓްރީ އޮފް ހެލްތު |
މުސާރަ |
-/4465 ރުފިޔާ |
ސަރވިސް އެލަވަންސް |
-/1500 ރުފިޔާ |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
|
މަޤާމުގެ ޝަރުތުތައް |
2.ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
މަޤާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ނަންބަރު |
J-283263 |
ބޭނުންވާ އަދަދު |
01 (އެކެއް) |
މަޤާމުގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
ޖީ.އެސް.3 |
މަޤާމުގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 |
ޑިވިޝަން / ސެކްޝަން |
ރީޖަނަލް އެންޑް އެޓޯލް ހެލްތު ސަރވިސަސް / ހެލްތު ފެސިލިޓީސް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ ސައުތު ޒޯން |
މަޤާމު އޮތް އޮފީސް |
މިނިސްޓްރީ އޮފް ހެލްތު |
ވަޒީފާ އަދާކުރަންޖެހޭ ތަން |
މިނިސްޓްރީ އޮފް ހެލްތު |
މުސާރަ |
-/4465 ރުފިޔާ |
ސަރވިސް އެލަވަންސް |
-/1500 ރުފިޔާ |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1- ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުން ޚިދުމަތްދިނުމަށް ބޭނުންވާ މެޝިނަރީޒް، ރިއެޖެންޓްސް އަދި ކޮންސިއުމަބަލްސް ތަކެތީގެ ރިކްއިސިޝަންތައް ވެރިފިކޭޝަން ނިންމާ ލިބުމުން، ތަކެތި ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ގޮތުގެމަތިން އެސްޓީއޯއަށް ކޯޓޭޝަން ހޯދުމަށް ފޮނުވުމަށް ކަނޑައަޅާފައިވާގޮތުގެ މަތިން ފުރިހަމަ ކުރަންޖެހޭ ލިޔުންތައް ފުރިހަމަ ކުރުމަށް އެހީތެރިވުމާއި އަދި ފުރިހަމަ ކޮށް ކޮޕީ ކުރަންޖެހޭ ތަންތަނަށް ކޮޕީ ފޮނުވުން. 2- އެސް.ޓީ.އޯ އިން ކޯޓޭޝަން ލިބުމުން މުދާހޯދުމަށް ފޮނުވާ ޕާރޗޭސް އޯޑަރ (PO) ތައްޔާރުކުރުމަށް އެހީތެރިވުމާއި،ތައްޔާރުކޮށް ފޮނުވުން. 3- ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ފޮނުވޭ ތަކެތި ( މެޝިނަރީޒް،ކޮންސިއުމަބްލްސް،ރިއެޖެންޓްސް) ރަށްރަށަށް ލިބުމުން ތަކެތި ބަލައިގަތުމަށްފަހު ފުރިހަމަކުރާ ރިސީވިން ފޯރމް ލިބުނުކަން ޔަޤީން ކުރުމާއެކު ބިލްތަކަށް ފައިސާ ދެއްކުމަށް ފުރިމަހަ ކުރަންޖެހޭ ލިޔެކިއުން ފުރިހަމަކުރުމަށް އެހީތެރިވުމާއި އަދި ލިޔެކިއުންތައް ފުރިހަމަކޮށް އެކައުންޓް ޑިވިޝަނަށް ފޮނުވުމާއި އެކު ގުޅުން ހުރި ހުރިހާ ޑޮކިއުމަންޓްސް ރައްކާތެރިކަމާއެކު ފައިލް ކުރުން. 4- ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ފޮނުވާ ސިޓީ،މެސެޖް ނުވަތަ މެމޯތަކަށް ދޭންޖެހޭ ޖަވާބުތައް ރީޖަންގެ ހެޑަކަށް ހުންނަވާ ބޭފުޅެއްގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ގުޅުންހުރި ފަރާތްތަކަށް ޤަވާޢިދުން ފޮނުވާ ފައިލްކުރުން. 5- ރީޖަންތަކުން ކުރިއަށްގެންދާ އައުޓްރީޗް ޕްރޮގްރާމްތަކާއި އެހެނިހެން ދަތުރުތަކުގެ އިދާރީ ލިޔެކިއުންތަކާއި އެއަރ ޓިކެޓް/ލޯންޗްގެ ކަންކަން ދުރާލާ ހަމަޖެއްސުމަށް އެހީތެރިވުމާއި، އަދި އެކަންކަން ފުރިހަމަކޮށް ދަތުރާއި ގުޅުންހުރި ފަރާތްތަކަށް ދަތުރާއި ގުޅޭ މަޢުލޫމާތު ލިޔެކިއުމުން ފޮނުވުމާއިއެކު މަޢުލޫމާތު ލިބިފައިވާކަން ޔަޤީން ކުރުން. 6- ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ކުރާ މަރާމާތުތައް ޓައިމްލައިންއާއި އެއްގޮތަށް ކުރިއަށްދޭތޯ ބަލާ މޮނިޓަރ ކުރުން 7- އެމްބިއުލަންސް އާއި ލޯންޗްގެ ފަންކްޝަނަލް ސްޓޭޓަސް ގަވާއިދުން ބަލާ، މޮނިޓަރ ކުރުން 8- ޚިދުމަތަށް ބޭނުންވާ މުވައްޒަފުން ޚިދުމަތުގައި ތިބެންޖެހޭ މިންގަނޑަށް ތިބިތޯ ބެލުން 9- އަލަށް ތައާރަފް ކުރެވޭ ޚިދުމަތްތައް ކަނޑައަޅިފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދޭތޯ ބެލުން 10- ހޮސްޕިޓަލުތަކުގެ ހިންގުން ހަވާލުކުރާ ފަރާތްތައް ކަނޑައަޅާ، އެ ފަރާތްތަކަށް އެންގުން 11- އަތޮޅުތަކުގައި ހިންގާ އައުޓް ރީޗް ޕްރޮގްރާމް ހިނގާ ނުހިނގާ ގޮތް ބެލުމާއި ރެކޯރޑް ބެލެހެއްޓުން 12- ސިއްޙީ ޚިދުމަތާއި ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ބަލާ، ރެކޯރޑް ބެލެހެއްޓުން 13- ޞިއްޙީ ހިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަގާމާއި ގުޅޭ ވަޒީފާ ބަޔާން އަޕްޑޭޓްކޮށް ތައްޔާރުކުރެވިފައިވޭތޯ ބެލުން. 14- ދަތުރު ރިޕޯޓްގައި ފާހަގަކުރާ ކަންކަން ތަންފީޒުކުރެވޭ މިންވަރުބަލާ މޮނިޓަރކުރުން. 15- ޑޮކްޓަރުން ތިބެންޖެހޭ މިންގަނޑަށް ޑޮކްޓަރުން ތިބިތޯބަލައި މޮނިޓަރކުރުން. 16- ޓެލެމެޑިސިންގެ ހިދުމަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. 17- ޒޯންތަކުން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް މީޑިއާ މެދުވެރިކޮށް އާއްމުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން. |
މަޤާމުގެ ޝަރުތުތައް |
2.ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
އިތުރު އިނާޔަތްތައް |
|
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. |
ހުށަހަޅަންޖެހޭ ލިޔުންތައް |
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންހޭ ތަކެތި ހުށަހަޅާނީ 16 ޖުލައި 2017 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށެވެ.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު |
2017 ވަނަ އަހަރުގެ ޖުލައި އަދި އޮގަސްޓް މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި. |
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
30% |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014437 ނަންބަރު ފޯނަށެވެ. |