މަސައްކަތް
ނަންބަރު: (IUL)22-E/1/2017/222
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 09:03
ސުންގަޑި: 17 ޖުލައި 2017 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ

                                                      ނަމްބަރު: IUL)22-E/1/2017/222) 

އިޢުލާން

ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ ފަރުނީޗަރު، ބ. ހިތާދޫ ސްކޫލަށާއި ހއ. އަތޮޅު ތަޢުލީމީ މަރުކަޒަށް ސަޕްލައިކުރުމަށް ބޭނުންވެއްޖެއެވެ.

ހިތާދޫ ސްކޫލް (ބ. ހިތާދޫ)

210 ޑެސްކު

6 ޓީޗަރސް ޓޭބަލް

6 ވައިޓް ބޯޑް

210 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ)

6 ޕްލާސްޓިކު ގޮނޑި (އަތްގަނޑުލީ)

ހއ. އަތޮޅު ތައުލީމީ މަރުކަޒު (ހއ. ދިއްދޫ)

40 ސްޓޭޖް ގޮނޑި

700 ޕްލާސްޓިކް ގޮނޑި (އަތްގަނޑުލީ)

 

މަޢުލޫމާތު ސާފުކުރުން:

މައުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 17 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (9 ވަނަ ފަންގިފލާ، އެދުރުހިޔާ ބިލްޑިންގ) ގައެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަކަށް ހަމަޖެހިފައެއް ނުވެއެވެ.                          

    

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:  

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށައެޅުމަށް އެކަމަށް ޚާއްސަކުރެވިފައިވާ 'ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް : ކްލާސްރޫމް ފާނީޗަރ (ބ. ހިތާދޫ ސްކޫލް) އަދި ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް : ކްލާސްރޫމް ފާނީޗަރ (ހއ.އަތޮޅު ތައުލީމީ މަރުކަޒު)" ޑޮކިޔުމަންޓް ފުރިހަމަކުރުމަށްފަހު ހުށައަޅަންވާނެއެވެ. މި ޑޮކިޔުމަންޓްގައި އަންދާސީ ހިސާބުގައި ހިމަނަންޖެހޭ ހުރިހާ މައުލޫމާތެއް ހިމެނިފައިވާނެއެވެ. މީގެ އިތުރުން މައުލޫމާތު ޝީޓެއްވެސް ހިމެނޭނެއެވެ. މި ޑޮކިޔުމަންޓްތައް  ހޯދުމަށް އެދި[email protected]  ނުވަތަ  [email protected] އަށް އީމެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އަދި ވެބްސައިޓް http://eedp.moe.gov.mv/#/download  އިން ޑައުންލޯޑް ކުރެވޭނެއެވެ. މި ޑޮކިޔުމަންޓް  ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބަލައެއްނުގަނެވޭނެއެވެ.

 

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ.

ޕްރޮޖެކްޓް ކޯޑިނޭޓަރ

ކޯޑިނޭޝަން ސަޕޯޓް ޔުނިޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އިޢުލާން ނަންބަރ:  

 

ބިޑް ހުޅުވުން:

އަންދާސީ ހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 20 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (9 ވަނަ ފަންގިފލާ، އެދުރުހިޔާ ބިލްޑިންގ) ގައެވެ. މިގަޑީގެ ފަހުން ހުށައަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. އަދި ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބަލައެއްނުގަނެވޭނެއެވެ.

 

ނޯޓް:

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341317، 3341318.

 [email protected]  ނުވަތަ  [email protected]– އީމެއިލް:     

 

18 ޝައްވާލް  1438

12 ޖުލައި 2017

12 ޖުލައި 2017