ދިވެހިރާއްޖެ
މަޤާމް: ސީނިއަރ ރިސާރޗް އޮފިސަރ
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2
ރޭންކް: އެމެ.އެސް. 2
މަޤާމުގެ ނަންބަރު: 209038
ގިންތި: ދާއިމީ
ބޭނުންވާ ޢަދަދު: 1
މުސާރ: -/6295 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
އޮފީސް: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ޑިވިޜަން/ ސެކްޝަން: މެރިން ރިސާރޗް ސެންޓަރ
މަސައްކަތް ކުރަންޖެހޭތަން: މެރިން ރިސާރޗް ސެންޓަރ
މަޤާމުގެ ޝަރުތު
1- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް / އެންވަޔަރަންމަންޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
2- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް/ އެންވަޔަރަންމަންޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
3- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް/ އެންވަޔަރަންމަންޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޟިލްކޮށްފައިވުން. ނުވަތަ
4- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެރިން ބަޔޮލޮޖީ/ މެރިން ސައެންސް/ ފިޝަރީޒް މެނޭޖްމެންޓް/ އެންވަޔަރަންމަންޓް މެނޭޖްމަންޓް ދާއިރާއިން ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
- މެރިކަލްޗަރ ޑިވެލޮޕްމަންޓް/ރިސާރޗާ ބެހޭ ޕްރޮޖެކްޓް ޕރޮޕޯސަލް ލިޔެ، އެޕްރޮޖެކްޓްތައް ތަންފީޒުކުރުން.
- އެކްއަކަލްޗަރ ރިސާރޗް ޔުނިޓުން ހިންގާ މެރިކަލްޗަރ ޑިވެލޮޕްމަންޓް/ ރިސާރޗް ޕްރޮޖެކްޓްތަކުގެ ފަންނީ ރިޕޯރޓް ތައްޔާރުކުރުން.
- މެރިކަލްޗަރ ތަރައްޤީ ކުރުމުގެ ސިޔާސަތާއި ޤަވާއިދުތައް އެކުލަވާލުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން.
- މެރިން ރިސާރޗް ސެންޓަރުގެ މުވައްޒަފުންނާށާއި އާއްމުންނަށް މެރިކަލްޗަރ ޓްރެއިނިންގ ދިނުން.
- މަނިޔަފުށީ ފީލްޑް ސްޓޭޝަނުގައި ކުރާ ތަހިލީލިތަކުގެ ޓޭޑާ ނަގައި، މަޢުލޫމާތު ރެކޯޑްތައް ބެލެހެއްޓުން.
- މަނިފުށީ ފީލްޑް ސްޓޭޝަނުގައި ދިރޭ ކާނާ އާލާކުރުން.
- އެކްއަރކަލްޗަރ ރިސާރޗް ޔުނިޓުގެ އިދާރީ މަސައްކަތްކުރުން.
- ކުރަންޖެހޭ ތަހުލީލުތަކުގެ ބާވަތުން ޑައިވް ކުރަންޖެހޭނަމަ ޑައިވްކުރުން.
- މެރިން ރިސާރޗް ސެންޓަރުގެ އިދާރީ ހިންގުމަށް އެހީތެރިވުން.
- މެރިކަލްޗަރ ތަހުލީލިތަކުގެ އިތުރަށް، މެރިން ރިސާރޗް ސެންޓަރުގައި ހިންގާ އެހެނިހެން ތަހުލީލުތަކުގައި ބައިވެރިވުން.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި، ތަމްރީން
- އެކުއަރކަލްޗަރ/ މެރިކަލްޗަރއާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު
- ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު
މަޤާމް: ވެޓެރިނަރީ އެސިސްޓެންޓް (ވަގުތީ)
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ރޭންކް: ޖީ.އެސް. 3
މަޤާމުގެ ނަންބަރު: 268983
ގިންތި: ވަގުތީ
މުއްދަތު: ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 01 ޖެނުއަރީ 2018 ގެ ނިޔަލަށް
ބޭނުންވާ ޢަދަދު: 1
މުސާރަ: -/4465 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
އޮފީސް: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ޑިވިޜަން/ ސެކްޝަން: ޕްލާންޓް އެންޑް އެނިމަލް ހެލްތު މެނޭޖްމެންޓް
މަސައްކަތް ކުރަންޖެހޭތަން: މިނިސްޓްރީ
މަޤާމުގެ ޝަރުތު
1- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ނުވަތަ އެގްރިކަލްޗަރ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
- ދިރޭ ޖަނަވާރަށް އިމްޕޯރޓް، އެކްސްޕޯޓް ހުއްދަ ދޫކުރުމުގެ އެންމެހާ ކަންތައްތައް ކުރުމާއި، އޭގެ ޑާޓާބޭސް ބެލެހެއްޓުން.
- ދިރޭ ޖަނަވާރު ގެންގުޅޭ ފަރމްތައް ރަޖިސްޓްރީކޮށްދީ، ލައިސަންސްދިނުމަށް ބޭނުންވާ މިންގަނޑުތަކާއި، ޗެކްލިސްޓްތައް އެކުލަވައިލާ، ފަރމްތަކުގެ ޑާޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ އެންމެހާ ކަންތައްތައް ކުރުން.
- ދޫނި ފަރމް އަދި ޕެޓް ޝޮޕްތައް ބަލައި ފާސްކުރުމާއި، ދޫނި އެތެރެކުރުމުގެ ލައިސަންސް ދޫކުރުމާއި، ލައިސަންސްދިނުމަށް ބޭނުންވާ މިންގަނޑުތަކާއި، ޗެކްލިސްޓްތައް އެކުލަވައިލާ، ފާމްތަކުގެ ޑާޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ އެންމެހާ ކަންތައްތައް ކުރުން.
- ޖަނަވާރުގެ ޛަރީއާއިން އިންސާނުންގެ ގަޔަށް އަރާ ބަލިތަކުންނާއި، ދިރޭ ޖަނަވާރަށް ޢާއްމުކޮށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ޢާއްމުން ހޭލުންތެރިކުރުވުމުގެ މަޢުލޫމާތު ފޯރުކޮށްދިނުން.
- ޖަނަވާރުގެ އަޞްލުން އުފައްދާ އުފެއްދުންތަކަށް ވެޓެރިނަރީ ހެލްތު ސެޓްފިކެޓް ދޫކުރުން.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާތަޢުލީމާއި، ތަމްރީން
- ދަނޑުވެރިކަމުގެ ދާއިރާއާ ބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު
- ސިވިލް ސާރވިސް ޤަވާއިދަށް އަހުލުވެރި މިންވަރު.
މަޤާމް: އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ރޭންކް: ޖީ.އެސް. 3
މަޤާމުގެ ނަންބަރު: 119724
ގިންތި: ދާއިމީ
ބޭނުންވާ ޢަދަދު: 1
މުސާރަ: -/4465 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
ކޮއްތުފައިސާ: ދަތުރުތަކުގައި ކޮއްތު ފައިސާގެ ގޮތުގައި ދުވާލަކަށް -/200 - -/180 ރުރިޔާ.
އޮފީސް: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ޑިވިޜަން/ ސެކްޝަން: ފިޝަރީޒް އިންފްރާންސްޓްރަކްޗަރ ޑިވެލޮޕްމެންޓް ސެކްޝަން
މަސައްކަތް ކުރަންޖެހޭތަން: މިނިސްޓްރީ
މަޤާމުގެ ޝަރުތު
3- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
4- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
- ރާއްޖޭގެ މަސް ކަނޑުތަކުގައި 1981 ވަނަ އަހަރުން ފެށިގެން ހަރުކުރަމުން އަންނަ އޮއިވާލި ކަނދުފަތީގެ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ފެޑް ސެންޓަރުގައި ކުރާ މަސައްކަތްތައް ރާވައި ހިންގުމާއެކު އެމަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ އެމަސައްކަތްތައް ކުރުން.
- އޮއިވާލި ކަނދުފަތީގެ މަސައްކަތައް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ތަކެއްޗާއި ރާއްޖެއިން ހޯދަންޖެހޭ ތަކެތި ހޯދާ، މަސައްކަތަށް ދަތި ނުވާނޭހެން އެތަކެތި ފެޑް ސެންޓަރަށް ގެންދިޔުމާއި އެތަކެތި ސްޓޮކް ބެލެހެއްޓުން
- ކަނޑައިގެން ގޮސްފައިވާ އޮއިވާލި ކަނދުފަތި ހަރުކުރުމަށް ކުރާ ދަތުރުތައް ރާވައި އިންތިޒާމް ކުރުމާއި، އޮއިވާލި ކަނދުފަތި ހަރުކުރުމަށް ކުރިންނާއި ފަހުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
- އޮއިވާލި ކަނދުފަތި މޮނިޓަރކޮށް އެވަގުތެއްގައި އެކި ސަރަޙައްދުތަކުގައިހުރި ކަނދުފަތިތަކާއި، ކަނޑައިގެންދިޔުމުގެ ސަބަބުން ހަރުކުރަން ޖެހިފައިވާ އޮއިވާލި ކަނދުފަތިތަކާއި، މުޅިން އަލަށް ހަރުކުރަންޖެހޭ ކަނދުފަތިތަކާއި، މަރާމާތު ކުރަންވެފައިހުރި ކަނދުފަތިތައް އެނގޭނެ ގޮތައް ތައްޔާރުކޮށްފައިވާ ޑޭޓާ ބޭސް ބެލެހެއްޓުން
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާތަޢުލީމާއި، ތަމްރީން
- މަސްވެރިކަމުގެ ދާއިރާއާ ބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު
- ސިވިލް ސާރވިސް ޤަވާއިދަށް އަހުލުވެރި މިންވަރު.
- ކަނޑުމަތީގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ލިބިފައިވުމާއި ފަތަން/ ފީނަން އެނގުން.
މަޤާމް: ފޯރމަން
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގްރޭޑް 3
ރޭންކް: އެސް.އެސް.3
މަޤާމުގެ ނަންބަރު: 290000
ގިންތި: ދާއިމީ
ބޭނުންވާ ޢަދަދު: 1
މުސާރ: -/3875 ރުފިޔާ
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
އޮފީސް: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ޑިވިޜަން/ ސެކްޝަން: އެޑްމިނިސްޓްރޭޓިވް އެންޑް މެނޭޖްމެންޓް ސެކްޝަން
މަސައްކަތް ކުރަންޖެހޭތަން: މިނިސްޓްރީ
މަޤާމުގެ ޝަރުތު
1- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ހުއްދައެއް/ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
2- މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ސަނަދެއް ހާސިލްކޮށްފައިވުން
ކުރަންޖެހޭ މައިގަނޑު މަސައްކަތް
- މިނިސްޓްރީން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ތަކެތި އެފަރާތްތަކާ ޙަވާލުކުރުން.
- މިނިސްޓްރީގެ ޕްރޮކިޔުމަންޓް ޔުނިޓުން ޙަވާލުކުރާ ޕަރޗޭސިންގ އޯޑަރުތަކަށް މުދާ ނެގުމަށްފަހު އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- މިނިސްޓަރ ރާއްޖޭއިން ބޭރަށާއި ރާއްޖެތެރެއަށް ކުރައްވާ ދަތުރުތަކުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، މނިސްޓަރުގެ ދަތުރުތަކާއި ގުޅިގެން އެއަރޕޯޓަށް ދިއުމާއި، ދަތުރުތަކާއި ގުޅިގެން ކުރަން ހަމަޖެހިފައިވާ މަސައްކަތް ކުރުން.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި، ތަމްރީން
- ވަޒީފާގައި ކުރަންޖެހޭ މަސައްކަތް އެނގިފައިވާ މިންވަރު
- ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު
މަޤާމް: ސީނިޔަރ ފީލްޑް އޮފިސަރ
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
ރޭންކް: ޖީ.އެސް. 3
މަޤާމުގެ ނަންބަރު: 120840
ގިންތި: ދާއިމީ
ބޭނުންވާ ޢަދަދު: 1
މުސާރ: -/4465 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
އޮފީސް: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ޑިވިޜަން/ ސެކްޝަން: މެރިން ރިސާރޗް ސެންޓަރ
މަސައްކަތް ކުރަންޖެހޭތަން: މަނިޔަފުށި
މަޤާމުގެ ޝަރުތު
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
- މަނިޔަފުށީ ފީލްޑް ސްޓޭޝަނުގައި އާލާކުރާ މަހާއި އެހެނިހެން ދިރޭ ތަކެއްޗަށް ގަޑިން ގަޑިން ކާންދިނުން.
- މަނިޔަފުށީ ފީލްޑް ސްޓޭޝަނުގައި ދިރޭކާނާ އާލާކުރުން.
- މަނިޔަފުށީ ފީލްޑް ސްޓޭޝަނުގައި ކުރާ އެކުއަރކަލްޗަރ މަސައްކަތްތަކުގެ ޑޭޓާ ނަގައި މަޢުލޫމާތު ރެކޯޑްތައް ބެލެހެއްޓުން.
- ކުރަންޖެހޭ ތަހުލީލު ބާވަތުން ޑައިވްކުރުން،
- މަނިޔަފުށީ ފީލްޑް ސްޓޭޝަނުގައި އަޅާފައިވާ މޫދުކޮށިތަކާއި ބޮއިފަތިތަކުގެ ހާލަތު ބަލައި ކުރަންޖެހޭ މަރާމާތުތައް ފާހަގަކޮށް އެމަރާމާތު ކުރުން.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި، ތަމްރީން
- މަސްވެރިކަމުގެ ދާއިރާއިން މަޢުލޫމާތު ލިބިފައިވާ މިންވަރު
- ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު
އިތުރު ޢިނާޔަތްތައް
1- ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3- އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި އަދި ރިސްކް އެލަވަންސް ހަމަޖެހޭ ވަޒީފާތަކަށް ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް ލިބޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
1- ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް:
4- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ރ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވކް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
6- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
7- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.
8- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުގެ ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި
މަސައްކަތް ބަޔާންކޮށް އެ އޮފީހުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ
މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
މަގާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިހާނު ކުރުން
މިމަގާމަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މިނިސްޓްރީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަންބަރަކީ: 3326558 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.
ޝޯޓް ލިސްޓްކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.
މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ 30 އިންސައްތަ ލިބެން ވާނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.
17 ޝައްވާލް 1438
10 ޖުލައި 2017