ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AC/426/2017/98
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި: 11 ސެޕްޓެންބަރު 2017 20:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ބޭނުންވާ ފަރާތްތަކުގެ ސަމާލުކަމަށް

ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ބޭނުންވާ ފަރާތްތަކުގެ ސަމާލުކަމަށް

 

މަސްވެރިކަމާއި އެކިއެކި ބޭނުންތަކަށް ކަނޑު ދަތުރަށް ނިކުންނަ އުޅަނދުފަހަރުގެ ލައިސަންސް ބޭނުންވާ ފަރާތްތަކަށް އެ މަގު ފަހިކޮށްދެއްވުމަށްޓަކައި އެފަދަ ފަރާތްތަކަށް ކަމުގެ މައުލޫމާތު ދިނުމުގެ ގޮތުން، ކައުންސިލްގެ ފަރާތުން ކޯހެއް ހިންގުމަށް އިންތިޒާމް ކުރަމުން ގެންދަވަނިކޮށް ގައުމީ ޔުނިވަރސިޓީގެ ފަރާތުން ކަނޑު ދަތުރު ކުރުމުގެ ލައިސަންސް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ކޯސްތަކެއް ހިންގުމަށް ވަނީ އިޢުލާންކުރައްވާފައެވެ. ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަސްއިން އިޢުލާން ކުރައްވާފައިވަނީ ކޯސްޓަލް ނެވިގޭޝަން ކޯސް، ނިޔަމިކަމުގެ ސެޓްފިކެޓް، ފަޅުވެރިންގެ ސެޓްފިކެޓް ކޯސްތަކެވެ.

ވީމާ، ކަނޑު އުޅަނދުފަހަރުގެ ލައިސަންސް ބޭނުންވާ އައްޑޫސިޓީގައި ތިއްބެވި ފަރާތްތަކަން މި ފުރުސަތުގެ ބޭނުން ހިއްޕެވުމަށް އިލްތިމާސްކޮށް، ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަސް އިން ހިންގަވާ ކޯސްތަކުގެ އެޕްލިކޭޝަން ފޯމް ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒް ހިތަދޫ ކެމްޕަސްއަށް ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއެކު ހިތަދޫ ކެމްޕަސް އިން ނެރުއްވާފައިވާ އިޢުލާން މަޢުލޫމާތަށްޓަކައި މި އިޢުލާނާއެކު އެޓޭޗް ކޮށްފައި މިވަނީއެވެ.

15 ޝައްވާލް 1438

09 ޖުލައި 2017

09 ޖުލައި 2017