ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)410-C/410/2017/16
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 13:35
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިކަމުގެ ހަރަކާތުގައި ބިދޭސީން ގެންގުޅުމާއި ބެހޭ

އިޢުލާން

 

މަސްވެރިކަމުގެ ހަރަކާތުގައި ބިދޭސީން ގެންގުޅުމާއި  ބެހޭ

ދިވެހިރާއްޖޭގެ މަސްވެރިކަމާއި ބެހޭ ގާނޫނު (ގާނޫނު ނަންބަރ: 87/5)ގެ ދަށުން ދިވެހިރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދުގެ ތެރޭގައި އާންމުކޮށް ދިވެހިން މަސްވެރިކަން ކުރާ ހިސާބުގައި ފަޅުވެރިންގެ ގޮތުގައި ނުވަތަ އެހެންގޮތަކަށް ނަމަވެސް ބިދޭސީންނާއި ގުޅިގެން ބިދޭސީން ހިމެނޭގޮތަށް ނުވަތަ ބިދޭސީން ބައިވެރިކޮށްގެން އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުމަކީ މަނާކަމެއް ކަމުގައިވާތީ، މި ރަށުގައި މަސްދޯނިފަހަރު ދުއްވާ އެއްވެސް ފަރާތަކުން މިއަދުން ފެށިގެން ބިދޭސީން މަހަށް ނުގެންދިއުމަށް ނަޞީޙަތްތެރިވެ އާންމުކޮށް އަންގައި އިއުލާން ކުރަމެވެ.

މިއީ، މަސްވެރިކަމާއި ބެހޭ ގާނޫނުގެ 5 ވަނަ މާއްދާއިން މަނާކޮށް އެގާނޫނުގެ 13 ވަނަ މާއްދާގައި އަދަބު ކަނޑައެޅިފައިވާ ކުށެއްކަމުގައި ދެންނެވީމެވެ.

ވީމާ، މިއާއި ޚިލާފަށް އަމަލުކުރާ ފަރާތްތަކާއިމެދު ޤާނޫނާއި އެއްގޮތަށް ޖޫރިމާނާކޮށް އެ ޢަމަލު ހިންގި ފަރާތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގައި އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.

             މިހެންވެ، އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

15 ޝައްވާލް  1438

09 ޖުލައި    2017

09 ޖުލައި 2017