މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2017/39
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 16 ޖުލައި 2017 11:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އޮފީސްތެރެ ފޮޅައި ސާފުކުރާނެ ފަރާތެއް ބޭނުންވެއްޖެ

މި އޮފީސް ހިނގަމުންދާ ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާގެ އިރުމަތީ ބަޔާއި 3 ވަނަ ފަންގިފިލާގައި ހިމެނޭ އެންމެހާ ތަންތަން އެއް އަހަރުދުވަހުގެމުއްދަތަށް  ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ޖުލައި 2017 ވާ އާދީއްތަ ދުވަހު 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 19 ޖުލައި 2017 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮފީހަށް އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި އެދުވަހެއްގެ 11:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ވަޑައިގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

09 ޖުލައި 2017