ދިވެހިރާއްޖެ
އިޢުލާން ނަންބަރު: MRDC-IUL/2017/26
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ހެޑް އޮފީހަށް ޕާރސަނަލް އެސިސްޓެންޓް މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
ޕާރސަނަލް އެސިސްޓެންޓް،ގްރޭޑް 1 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
ކްލެސިފިކޭޝަން / ރޭންކް: |
އެމް.އެސް 1 ، ގްރޭޑް 1 |
މުސާރަ: |
މަހަކު -/7430 ރުފިޔާ (ހަތްހާސް ހަތަރުސަތޭކަ ތިރީސް ރުފިޔާ) |
ލިވިންގ އެލަވަންސް: |
މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަސައްކަތް ކުރަންޖެހޭތަން: |
ކޯޕަރޭޝަނުގެ ހެޑް އޮފީސް |
މަސައްކަތް ކުރާ ޑިޕާރޓްމަންޓް: |
ކޯޕަރޭޓް ޑިވިޜަން |
ފެންވަރު ނުވަތަ ޝަރުތު: |
- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ - މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން. - ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- މެނޭޖިންގ ޑިރެކްޓަރ ގެ އެޕޮއިންޓްމަންޓް ރިކުއެސްޓްތައް ހަމަޖައްސައި ބެލެހެއްޓުން. - މެނޭޖިންގ ޑިރެކްޓަރ ބައިވެރިވެވަޑައިގަންނަވާ މީޓިންގ ތަކުގައި ބައިވެރިވެ ޔައުމިއްޔާ ނޯޓުކޮށް ޔައުމިއްޔާއަށް އެމް.ޑީ ގެންނަވާ ބަދަލުތައް ގެނެސް ޔައުމިއްޔާ އެޕްރޫވްކޮށް ފައިލްކޮށް ބެލެހެއްޓުން. - މެނޭޖިންގ ޑިރެކްޓަރ ގެ ބިއުރޯއަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދިނުން. - މެނޭޖިންގ ޑިރެކްޓަރަށް ރިޕޯޓްކުރަންޖެހޭ ކަންތައްތަކުގެ ފޮލޯއަޕް ހެދުމަށްޓަކައި އެހެން ޑިވިޜަން / ޑިޕާރޓްމަންޓްތަކުގެ ވެރިންނާއި ކޯޑިނޭޓްކުރުން. - މެނޭޖިންގ ޑިރެކްޓަރއާއި ބައްދަލުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ޕްރޮޓޮކޯލް ހަމަޖައްސައި ދިނުން. - މެނޭޖިންގ ޑިރެކްޓަރ އެކި ފަންކްޝަން ތަކުގައި ދެއްވަންޖެހޭ ސްޕީޗް އޭނާގެ އިރުޝާދުގެ ދަށުން ލިޔެ ތައްޔާރުކުރުން. - މެނޭޖިންގ ޑިރެކްޓަރ ގެ ޑެސްކުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ/ނޯޓު/މެމޯ ތައްޔާރުކޮށް ފޮނުވުން. - މެނޭޖިންގ ޑިރެކްޓަރ ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކަމާއިބެހޭ ޑިޕާރޓްމަންޓް/ސެކްޝަނާއި ކޯޑިނޭޓްކުރުން، އަދި މިދަތުރު ތަކުގެ ދަތުރު ރިޕޯޓް ތައްޔާރުކޮށް އެކައުންޓްސް އެންޑް ފައިނޭންސްއަށް ފޮނުވުން. |
ސުންގަޑި: |
މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 ޖުލައި 13 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ޖުލައި މަހުގެ ތާރީޚެއްގައިއެވެ. |
ނޯޓް: |
މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ 3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
12 ޝައްވާލް 1438