ވަޒީފާގެ ފުރުޞަތު
ނަންބަރު: IUL-B/GS152/2017/22
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 17 ޖުލައި 2017 13:30
މަތިވެރި ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު (ވޭޖް އެމްޕްލޯއިމަންޓް، 6 މަސް ދުވަސް)

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމް:

މަސައްކަތު  (ވޭޖް އެމްޕްލޯއިމަންޓް، 6 މަސް ދުވަސް)

ބޭނުންވާ ޢަދަދު:

1 (އެކެއް)

ރޭންކް:

އެސް.އެސް 1

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް

އއ. މަތިވެރި ސްކޫލް

މުސާރަ:

ގަޑި އިރަކަށް 22.78 ރުފިޔާ

މަޤާމުގެ ޝަރުތު

  1. ލިޔަންކަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ސްކޫލުގެ ގޯތިތެރެ ކުނިކެހުން. 
  2. ސްކޫލުގެ ޢިމާރާތްތައް ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ކުނިކަހާ ފޮޅާ ސާފުކުރުން.
  3. ކޮންމެ ދުވަހަކު ސްކޫލުގެ ވަށާފާރު ބޭރު ކުނިކަހާ ސާފުކުރުން.
  4. ސްކޫލުގެ ބެޑްތަކުގައި ހައްދާފައިވާ ވިނަތަކާއި، ގޯތިތެރޭގައި ހައްދާފައިވާ ގަސްތައް ކޮށާ ސާފުކޮށް ބެލެހެއްޓުން.
  5. ސްކޫލުގެ ޢިމާރާތްތަކުގެ ދޮރުތަކާއި، ދޮރުތަކުގެ ބިއްލޫރިއާއި، ކަތިފިލާތައް މަދުވެގެން މަހަކު އެއްފަހަރު ފެންފޮތިލާ ސާފުކުރުން.
  6. ތަޅުމުގައި ތަށިމުށި ޖަހާފައިވާ ޢިމާރާތްތަކުގެ ތަޅުމުގައި ކިޔެވުން އޮންނަ ކޮންމެ ދުވަހަކު އެއްފަހަރު ރީތިކޮށް މޮޕް އަޅައި ސާފުކުރުން.
  7. ސްކޫލުގެ ޢިމާރާތްތަކުގެ ފަންކާތައް މަދުވެގެން މަހަކު އެއްފަހަރު ފޮޅާ ސާފުކުރުން.
  8. ދަރިވަރުންގެ ފާޚާނާތައް ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ދޮވެ ސާފުކޮށް ބެލެހެއްޓުން.
  9. މަދުވެގެން ހަފުތާއަކު އެއްފަހަރު ދަރިވަރުންގެ ފާޚާނާތަކަށް ސާފުކުރުމަށް ބޭނުންކުރާ ކަމިކަލް ( ސާފު، ކްލީން ކްލީން ވިމް ފަދަ ތަކެތި ) އަޅައިގެން ސާފުކުރުން.

10. ބަންދު ދުވަސްތަކުގެ ޢަދަދު ވިދިވިދިގެން 2 ދުވަހަށްވުރެ ގިނަވެއްޖެ ނަމަ ސްކޫލުގެ ގޯތިތެރެ މާބޮޑަށް ހަޑި ނުވަނީސް ކުނިކަހާ ސާފުކުރުން.

11. ޢިމާރާތްތަކުގެ ދިޔަދޮވި ތަކާއި ބޯ ފެން ތާނގީތައް ސާފުކޮށް ބެލެހެއްޓުން.

12. ވަޅު ދިޔަހިއްކާ ސާފުކޮށް ބެލެހެއްޓުން.

13. އިމާރާތްތަކުގައި ކުރަންޖެހޭ ކުދިކުދި މަރާމާތު ( ހަޑިވާ ތަންތަނުގައި ކުލައާއި، ދަވާދުލުން ފަދަ ) ކުރުން.

14. ވަކި މީހަކާ ޙަވާލުކުރެވިފައިނުވާ މަސައްކަތުމީހުން ކުރާޒާތުގެ މަސައްކަތް ކުރުން.

15. ސިވިލް ސާވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިޙުތިރާމް ކުރުމާއެކު އެއާއި އެއްގޮތަށް ޢަމަލުކުރުން.

16. ރަސްމީ މަސައްކަތާއި ގުޅިގެން އަންގާ އެންމެހާ ކަންކަން ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޙް

  • 17 ޖުލައި 2017 ވާ ހޯމަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން އަރިއަތޮޅު އުތުރުބުރީ މަތިވެރީ ސްކޫލްގެ އިދާރާއަށް

ހުށަހަޅަންޖެހޭ ލިޔުން:

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ މިސްކޫލުންނާއި ސިވިލް ސަރވިސްގެ ވެބްސައިޓު، www.csc.gov.mv)

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

4. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ މީހަކަށްވުން
  • މަސައްކަތަށް ޝަޢުޤުވެރިކަން ހުރި މިންވަރު
  • ޢުމުރުން 55 އަހަރު ނުވާ މީހަކަށްވުން
  • މަސައްކަތު ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް

އިންޓަވިއު ކުރުން

  • މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، އިޢްލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. ވަޑައިގެންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

ނޯޓް:

  • މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މިއިޢްލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 66600816 ނަންބަރު ފޯނާއެވެ.                  

                        12 ޝައްވާލް  1438 

                        06 ޖުލައި    2017    

06 ޖުލައި 2017