ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-LDS3/1/2017/48
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 15 އޮގަސްޓް 2017 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އައްޑޫސިޓީ ހުޅުދޫ-މީދޫގައި ނަރުދަމާގެ ނިޒާމްގެ ޚިދުމަތަށް އެދުމުގެ ފުރުސަތު ހުޅުވާލުން

އައްޑޫސިޓީ ހުޅުދޫ-މީދޫގައި ނަރުދަމާގެ ނިޒާމް ގެ ޚިދުމަތް ބޭނުންވާ ފަރާތަކަށް ޚިދުމަތަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު 05 ޖުލައި 2017 އިން ފެށިގެން 15 އޮގަސްޓް 2017ގެ ނިޔަލަށް މިވަނީ ހުޅުވާލެވިފައެވެ. މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށްއެދި ގޭގެވެރިފަރާތުން އެޕްލިކޭޝަން ފޯމް ހުށަހެޅުމުންނެވެ.ކަނޑައެޅިފައިވާ މުއްދަތުގައި ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ގޭގެއަށް ޕްރޮޖެކްޓްގެ ދަށުން  ހިލޭ ހޮޅި ގުޅައިދެވޭނެއެވެ.އަދި މިމުއްދަތުގެ ފަހުން ހުށަހަޅާ ފޯމްތަކަށް، ގޭގެއަށް ޖަންކްޝަން ހޮޅި ގުޅައިދެވޭނީ  އެރަށެއްގައި އެޚިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ޔުޓިލިޓީ ކުންފުނިން އެކަމަށް ކަނޑައަޅާ ޢުސޫލެއްގެ ދަށުންނެވެ.

ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / އައްޑޫސިޓީ ހުޅުމީދޫ ސެކްޝަނުން އަދި ސިއެރާ ކޮންސްޓްރަކްޝަން ހުޅުމީދޫ ސައިޓް އޮފީސް (ގުލްސަންފާމާގެ / ހުޅުދޫ)  އިން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށެވެ.ވީމާ، ނަރުދަމާގެ ނިޒާމް ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ އުޞޫލު ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

05 ޖުލައި 2017