މަސައްކަތް
ނަންބަރު: (IUL)303-AS/303/2017/19
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 10 ޖުލައި 2017 11:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ފަރާތުން އިމާރާތް ކުރުމަށް ބޭނުންވާ ޤުރުޢާން ކުލާސް ހިމެނޭ އިމާރާތް ކުރަހާ ބީއޮކިއު ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

ޞުލްޙަވެރިކަން ރައްޔިތުންނަށް- ސަމާލުކަން ތަހުޒީބަށް

 އުނގޫފާރު، ދިވެހިރާއްޖެ                     

ނަންބަރު:   (IUL)303-AS/303/2017/19

އިޢުލާން

މިކައުންސިލްގެ ފަރާތުން އިމާރާތް ކުރުމަށް ބޭނުންވާ ޤުރުޢާން ކުލާސް ހިމެނޭ އިމާރާތް ކުރަހާ ބީއޮކިއު ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

               މިކައުންސިލްގެ ފަރާތުން އިމާރާތް ކުރުމަށް ބޭނުންވާ ޤުރުޢާން ކުލާސް ހިމެނޭ އިމާރާތް މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތައް ކުރަހައިދީ ބީއޮކިއު ހަދައި ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 10 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށެވެ. އިމާރާތް ކުރަހައި ބީއޮކިއު ހަދައިދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ ރ. އުނގޫފާރު ކައުންސިލް އިދާރާގައި 12 ޖުލައި 2017 ވާ ބުދަ ދުވަހު 11:00 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތް ޙާލަތެއް ދިމާވެ، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއަކާއި، ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ ޕްރޮޕޯސަލް އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލުން އިމާރާތް ކުރުމަށް ބޭނުންވާ ޤުރުޢާން ކުލާސް ހިމެނޭ އިމާރާތް ކުރަހައި ބީއޮކިއު ހަދައި ދިނުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕްރޮޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.

އިމާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ކައުންސިލް މެމްބަރ ޙުސައިން އާސިފް (މޯބައިލް ނަމްބަރ 9978600)  އާއި ގުޅުއްވުން އެދެމެވެ.

ތިރީގައިއެވަނީ މިމަސައްކަތުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.

ހުށަހަޅާ އަގަށް %80

މުއްދަތައް %20

             ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.   

             11  ޝައްވާލް  1438    

            05   ޖުލައި   2017  

 

 

                                             އަބްދުންނާޞިރު ޢަލީ

                                          (  ކައުންސިލްގެ ރައީސް )     

05 ޖުލައި 2017