ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ފަރާތުން ހުޅުމާލޭގައި ކީރިތި ޤުރްއާން ހިތުދަސްކޮށްދިނުމަށްޓަކައި ޚާޢްޞަ މަޝްރޫޢެއް ފެށުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުގެ ދަށުން ޤުރްއާން ގިތުދަސްކޮށްދިނުމާއި، ޤުރްއާން މުދައްރިސުކަމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު ދެވޭނެއެވެ. އަދި މިމަޝްރޫޢަށް ހޮވޭ ފަރާތްތަކަށް ހުޅުމާލޭގައި ތިބުމާއި ކެއުމުގެ ކަންތައްތައް މަރްކަޒުން ހަމަޖައްސައި ދޭނެއެވެ.
މި މަޝްރޫޢުގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކެވެ.
ޝަރުޠު: 1- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން.
2- ކީރިތި ޤުރްއާން ފަރިތަކޮށް ކިޔަވަން އެނގުން.
3- މަރްކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 3 އަހަރު
ވީމާ، މިމަޝްރޫޢުގައި ބައިވެރިވުމަށް އެދޭފޯމު 2017 ޖުލައި 5 ވާ ބުދަ ދުވަހުން ފެށިގެން މި މަރުކަޒުންނާއި މަރްކަޒުގެ ހުޅުމާލެ ގޮފިން ދޫކުރަމުން ގެންދާނެއެވެ. އަދި މި މަރުކަޒުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2017 ޖުލައި 20 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ ހުށަހެޅުން އެދެމެވެ.