ވަޒީފާގެ ފުރުޞަތު
ނަންބަރު: BAM/IUL/2017/31
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 00:07
ސުންގަޑި: 13 ޖުލައި 2017 14:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

 

           މިއެސޯސިއޭޝަނަށް ތިރީގައި މިދަންނަވާ މަގާމަށް މުއައްޒަފަކު ބޭނުން ވެއްޖެއެވެ.

 

މަގާމް: އެޑްމިނިސްޓްރޭޓިވް މެނޭޖަރ

ބޭނުންވާ އަދަދު: 01

ފެންވަރު ނުވަތަ ޝަރުތު: ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތާއި، އޮފީސް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ފެށޭ މުސާރަ: -/10،000 ރ (ޕްރޮބޭޝަން 3 މަސްދުވަސް)

އެލަވަންސް: -/2،000 ރ (ޕްރޮބޭޝަން 3 މަސްދުވަހަށް ފަހު)

 

            ވީމާ މިމަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި، އައި.ޑީ. ކާޑްގެ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު 13 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް އަށް ލިޔުމުން ހުށައެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ހަވީރު 16:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

05 ޖުލައި 2017