މަސައްކަތް
ނަންބަރު: (IUL)13-K1/13/2017/114
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 12 ޖުލައި 2017 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން އެކުއެޓިކް އެނިމަލް ކަރަންޓިން ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމަންޓްތައް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން އެކުއެޓިކް އެނިމަލް ކަރަންޓިން ފެސިލިޓީއަށް ބޭނުންވާއިކުއިޕްމަންޓްތައް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް  

1. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމެންޓް ހިލޭ އެހީގައި ހިންގަމުންދާ މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން އެކުއެޓިކް އެނިމަލް ކަރަންޓީން ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމަންޓްތައް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)13-K1/13/2017/107 އިޢުލާންގައިވާ ބީލަމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރީމެވެ.

2. ވީމާ މި މަސައްކަތް ކުރުމަށް ޝަރުޠުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަލުން އަރުވަމެވެ.

3. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

4. ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 18ޖޫން 2017 އިން12ޖުލައި2017 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މި މިނިސްޓްރީ އިންނެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 6 ޖުލައި 2017ވާ ބުރާސްފަތި ދުވަހުގެ 11:00ގައި، މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގ ގެ ޖަލްސާކުރާ މާލަމުގައެވެ. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 9 ޖުލައި 2017ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

6. މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 25,000.00ރ (ފަންސަވީސްހާސް ރުފިޔާ) ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑުހުށަހަޅާ ތާރީޚުންފެށިގެން 120 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ % 5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމްންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

7. ބީލަން ހުޅުވުން އޮންނާނީ 2017 ޖުލައި 20ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިނގްގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިނގް،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : 3349102    3349106

ފެކްސް : 3320706   3324432

އީ-މެއިލް : [email protected]

ކޮޕީ  : [email protected]

04 ޖުލައި 2017