ކުއްޔަށް ދިނުން
ނަންބަރު: (IUL)331/331/2017/23
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 17 ޖުލައި 2017 11:00
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި ބިމެއް ކުއްޔަށް ދިނުމާށބެހޭ

މާލެ އަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

    ކ. ގާފަރު،                                                                                                                                                                                                                        ނަމްބަރު: (IUL)331/331/2017/23

    ދިވެހިރާއްޖެ

 

 

އިޢުލާން

 

ގާއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި ބިމެއް ކުއްޔަށް ދިނުމާބެހޭ

 

           ގާއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި މިރަށު ފުޓްބޯޅަ ދަނޑުގެ ދެކުނު ފަރާތުން 1800 އަކަފޫޓުގެ ބިމެއް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައި ވެއެވެ.  

            ވީމާ، މިބިން 10 އަހަރު ދުވަހަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަތަކުން " ކުލީބިމަށް އެދޭފޯރމް " މިއިދާރާއިން ނެންގެވުމަށްފަހު، 17 ޖުލައި 2017 ވާ ހޯމަ ދުވަހުގެ  11:00 ގައި ބީލަންފޯމް  ހުށަހެޅުއްވުން އެދެމެވެ. " ކުލީބިމަށް އެދޭފޯރމް " ދޫކުރުމަށް ހަމަޖެހިފައިވަނީ، 05 ޖުލައި 2017 ވާ ބުދަ ދުވަހުން ފެށިގެން 16 ޖުލައި 2017 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 އިން 12:00 އާއި ހަމައަށެވެ.

            ފޯރމް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ފޯރމްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. ބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6641941 ނަންބަރު ފޯނާއެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            

              

04 ޖުލައި 2017