ވަޒީފާގެ ފުރުޞަތު
ނަންބަރު: TCL-HR/IUL/17/05
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 10:54
ސުންގަޑި: 10 ޖުލައި 2017 14:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޖެޓީ ޕޯސްޓް އޮފިސަރ (ޝިފްޓް ޑިޔުޓީ)

ވަޒީފާގެ ފުރުޞަތު                       ނަންބަރު: TCL-HR/IUL/17/05

މަޤާމު:   ޖެޓީ ޕޯސްޓް އޮފިސަރ  (ޝިފްޓް ޑިޔުޓީ)

ބޭނުންވާ ޢަދަދު: 6 (ހައެއް)

މުސާރަ: ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

ވަޒީފާއަދާކުރަން ޖެހޭ ތަން:  ތިލަފުށި އޮފީސް

ސެކްޝަން: އޮޕަރޭޝަންސް ޑިޕާރޓްމަންޓް

މަޤާމުގެ ޝަރުޠު:

1. ޖީ.ސީ.އީ.އޯ ލެވެލް ފެންވަރު ހުރުން ނުވަތަ ގްރޭޑް 8ގެ ފެންވަރު ހުރުމާއިއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ދިވެހި އަދި އިނގިރޭސި ބަހުން ރީތިކޮށް އަދި ހަރުދަނާކޮށް މުޢާމަލާތްކުރަން އެނގުން.

3. މަސައްކަތުގެ މާހައުލުގައި ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

4. ތިލަފުށީގައި މަސައްކަތް ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

  1.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ތިލަފުށި ޖެޓީ ސަރަހައްދު އޮޕަރޭޝަން ޑިޕާރޓްމަންޓް ގެ އިސްވެރިޔާ އަންގާ ގޮތުގެ މަތިން ބެލެހެއްޓުން.

2. ޖެޓީއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ރަސީދުތައް ހެދުން.

3. ޝިފްޓް ބަދަލުވާއިރު ބަލައިގެންފައިވާ ފައިސާގެ އަދަދުތައް ހަމަކުރުމާއި ދިމާކުރުން.

4. ޖެޓީއަށް ބަނދަރުކުރާ އުޅަނދުތައް ހުންނަނީ ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދު ތަކުގައި، ހުންނަންޖެހޭ ގަވައިދު ތަކަށް ފެތޭ ގޮތަށްތޯ ބެލުން.

5. ޖެޓީއަށް ބަނދަރުކުރާ އުޅަނދުތަކާއި އަދި މުދާ ބާލާ އަރުވާ އުޅަނދުތަކުން ކަނޑައެޅިފައިވާ އުސޫލުގެ މަތިން ފައިސާ ނެގުން.

6. ޖެޓީއަށް ބަނދަރުކުރާ އުޅަނދުތަކާއި އަދި މުދާ ބާލާ އަރުވާ އުޅަނދުތައް މޮނީޓަރ ކޮށް ރެކޯޑް ކުރުން.

7. ޖެޓީ ބޭނުންކުރުމުގެ ގަވައިދުތައް ތަންފީޒުކޮށް އަމަލީގޮތުން ހިންގުން.

 

 

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ:އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • އެޓެންޑަންސް އެލަވަންސް އާއި ފުޑް އެލަވަންސް ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.
 

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚް:

10 ޖުލައި 2017 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ އެހެނިހެން ލިޔުންތަކާއިއެކު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް، 4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ އަށް ހުށައެޅުއްވުން އެދެމެވެ.
އީމެއިލް އިން ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު. ( އެޕްލިކޭޝަން ފޯމު ޓީ.ސީ.އެލްގެ މައި އޮފީހުން ލިބެން ހުންނާނެ )

  1. 2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  2. 3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. 4.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. 5.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)
  5. 6. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

އިންޓަރވިއު ކުރުން:

  • މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

    މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3307513 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3307514 އެވެ.

2 ޖުލައި 2017

02 ޖުލައި 2017