ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266/266/2017/48
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 08:28
ސުންގަޑި: 10 ޖުލައި 2017 10:30
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކާއި ކައުންސިލް އިދާރާގެ ކުނި އުކާލަދޭނޭ ފަރާތެއް ހޯދުމާބެހޭ

ކުޅުދުއްފުށީ ކައުންސިލް އިދާރާއާއި މިސްކިތްތަކުގެ ކުނި، ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް އުކާލަދޭނޭ ފަރާތެއް ހޯދަން

ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެއިވެލައްވާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާފަރާތްތަކުން

ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

  • މަޢުލޫމާތު ސާފުކުރުން – 10 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 10:30
  • އަންދާސީ ހިސާބު ހުށައެޅުން – 12 ޖުލައި 2017 ވާ ބުދަ ދުވަހުގެ 10:30

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަމްބަރ 6521170 ފޯނަށް ގުޅުއްވުން އެދެމެވެ.

02 ޖުލައި 2017