ދިވެހިރާއްޖެ
މި އިޢުލާންވަނީ 02 ޖުލައި 2017 12:28 ގައި ބާތިލް ކުރެވިފައެވެ.
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
މާލެ, ދިވެހިރާއްޖެ.
ނަންބަރު: 04/IUL)425-C1/1/2017)
އިޢުލާން
ސީނިއަރ ޑޭޓާ ޕްރޮސެސިންގ އޮފިސަރ |
|
މަޤާމުގެ ރޭންކް: |
އެމް އެސް 2 |
މަޤާމްގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ޑިޕާޓްމަންޓް: |
ކައުންސިލް ބިއުރޯ |
ވަޒީފާ އަދާކުރަންޖެހޭތަން: |
މާލޭ ސިޓީކައުންސިލްގެ އިދާރާ / މާފަންނު އޮފީސް |
މުސާރައާއި ޢިނާޔަތްތައް:
|
- މުސާރަ: މަހަކު -/6295 ރުފިޔާ - ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެ |
ބޭނުންވާ އަދަދު: |
01 ( މަޤާމް ނަންބަރު: J-216093) |
މަޤާމުގެ ޝަރުތު:
|
1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފާވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފާވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ 3- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ 4- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތު:
|
1- ކައުންސިލްގެ މީޓިންގއަށް ތައްޔާރުކުރުމަށް އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައްކުރުން (މީޓިންއަށް ވަޑައިގަންނަވާ ފަރާތްތަކަށް އެޖެންޑާ ފޮނުވުމާއި، އެޖެންޑާއާގުޅޭ ހުރިހާލިޔުންތަކެއް ފޮނުވުމާއި މީޓިންގ ބާއްވާ ތަން ތައްޔާރު ކުރުން) 2- ކައުންސިލްގެ ރަސްމީ ޖަލްސާތަކާއި ކުއްލި ޖަލްސާތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ޖަލްސާތަކުގައި ދައްކާ ވާހަކަތައް ރެކޯޑުކޮށް ބެލެހެއްޓުން. 3- ކައުންސިލްގެ ރަސްމީ ޖަލްސާ ނިމުމުން ޔައުމިއްޔާ ތައްޔާރުކުރުމާއި، ޔައުމިއްޔާ ފާސްކުރުމަށް ކައުންސިލަށް ހުށަހެޅުމާއި އަދި ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވާއިދުން ފޮނުވުން 4- ކައުންސިލްގެ ރަސްމީ ޖަލްސާތަކާއި ކުއްލި ޖަލްސާތަކުގެ އެޖެންޑާ މޭޔަރ ނުވަތަ ޑެޕިއުޓީ މޭޔަރ އަންގަވާ ގޮތެއްގެމަތިން ތައްޔާރުކޮށް ކައުންސިލް ޖަލްސާއަށް ހުށަހެޅުން 5- ފައިލްކުރަންޖެހޭ ލިޔުންތައް ފައިލްކުރުން 6- މީގެ އިތުރުންވެސް ކައުންސިލަރުންނާ ވެރިން ހަވާލުކުރައްވާ މަސައްކަތްތައް ކުރުން 7- މާލޭ ސިޓީކައުންސިލުން ބާއްވަވާ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން |
މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް: |
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|
މަޤާމުގެ ރޭންކް: |
ޖީ. އެސް 3 |
މަޤާމްގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ޑިޕާޓްމަންޓް: |
ކޯޕަރޭޓް ސަރވިސް / ކޯޕަރޭޓް މެނޭޖްމަންޓް / ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް އާކައިވްސް |
ވަޒީފާ އަދާކުރަންޖެހޭތަން: |
މާލޭ ސިޓީކައުންސިލްގެ އިދާރާ / މާފަންނު އޮފީސް |
މުސާރައާއި ޢިނާޔަތްތައް:
|
- މުސާރަ: މަހަކު -/4465ރ - ސަރވިސް އެލަވަންސް: މަހަކު -/1500ރ - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ. |
ބޭނުންވާ އަދަދު: |
01 ( މަޤާމް ނަންބަރު: J-215907) |
މަޤާމުގެ ޝަރުތު:
|
1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފާވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފާވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތު:
|
1- ސެކްޝަނުގެ އިތުރުގަޑި ރިޕޯޓް ތައްޔާރުކުރުން. 2- އޮފީހުގެ އިދާރީ ހިންގުމާބެހޭ މަސައްކަތް. 3- އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި ތައްޔާރުކުރުން. 4- އިދާރީބަޔަށް ބޭނުންވާ ތަކެތި ހޯދުމާއި މާލިއްޔަތު ޤަވާއިދާ އެއްގޮތްވާގޮތުގެމަތިން މީޓިންތަކަށް ސައިގެކަންތައްތައް ހަމަޖެއްސުން. 5- އޮފީހުގެ އިދާރީ މައި ކައުންޓަރުގައި މަސައްކަތްކުރަންޖެހޭ ހާލަތްތަކުގައި ކައުންޓަރަށް ނިކުމެ މަސައްކަތްކުރުން 6- އޮފީހުގައި ބޭއްވޭ ހަފްލާތަކަށާއި މުވައްޒަފުން އޮފީހުގައި ބޭނުން ކުރުމަށް ބޭނުންވާނެ ތަކެތި ހޯދުން |
މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
(ހ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓެއް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
|
|
ވަޒީފާއަށް އެދޭ ފޯމު ހުށައެޅުން:
އިންޓަރވިއު އޮންނަ ދުވަހާއި ތަން:
އިތުރު މަޢުލޫމާތު:
|
08 ޝައްވާލް 1438
02 ޖުލައި 2017