ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)1-HR/1/2017/33
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 06 ޖުލައި 2017 13:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ ރިސަރޗް އޮފިސަރ، އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިއޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

މިވަގުތު މިއޮފީހުގައި ހުރި ހުސް މަގާމުތައް:

1. މަގާމުގެ ނަން

ސީނިއަރ ރިސަރޗް އޮފިސަރ

ސެކްޝަން:

ލީގަލް އެފެއާޒް ސެކްޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

6,295/- ރުފިޔާ

ސަރވިސް އެލަވަންސް:

-/2,000 ރުފިޔާ

ޚާއްޞަ އެލަވަންސް:

 2,832/75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

-/2,500 ރުފިޔާ

މަގާމުގެ ޝަރުޠު:

 

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް (ސެޓްފިކެޓް 4) ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

 

މަގާމުގެ މަސްއޫލިއްޔަތުތައް:

 

- ސަރުކާރުން ހުށަހަޅާ ބިލުތަކާއި، ޤާނޫނުތަކާ ގުޅިގެން މަޝްވަރާ ކަރުދާހާއި، ދައުލަތުގެ ސިޔާސަތު ހާމަކުރާ ކަރުދާސް ތައްޔާރުކުރުމާއި، މިކަމާގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމާއިއެކު ބިލުތަކުގައި ހުރި ސަރުކާރުގެ ސިޔާސަތުތަކާ ފުށުއަރާ ކަންތައްތައް ފާހަގަކުރުމާއި، ބިލުތަކާބެހޭ ދިރާސާތައްކުރުމާއި، ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން

 

2. މަގާމުގެ ނަން:

އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

ސެކްޝަން:

ކޯޕަރޭޓް ޑިވެލޮޕްމަންޓް ސެކްރެޓޭރިއެޓް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

4,465/- ރުފިޔާ

ސަރވިސް އެލަވަންސް:

-/1,500 ރުފިޔާ

ޚާއްޞަ އެލަވަންސް:

 2,009/25 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

-/2,500 ރުފިޔާ

މަގާމުގެ ޝަރުޠު:

 

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 (ސެޓްފިކެޓް 2) ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 (ސެޓްފިކެޓް 3) ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މަސްއޫލިއްޔަތުތައް:

 

 

-  ކޯޕަރޭޓް ޑިވެލޮޕްމަންޓް ސެކްރެޓޭރިއަޓުގެ އިދާރީ ހިންގުމާގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ހިންގައި ބެލެހެއްޓުމާއި، ކޯޕަރޭޓް ޑިވެލޮޕްމަންޓް ސެކްރެޓޭރިއަޓުގެ އެންމެ އިސްފަރާތަށް ސެކްރެޓޭރިއަލް ސަޕޯޓްދިނުމާއެކު، ސަރުކާރުގެ އޮފީސްތަކުން ހިންގުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ހުއްދަ ދިނުމާގުޅޭ ގޮތުންނާއި އެ މަޝްރޫޢުތައް ހިނގާނުހިނގާ ގޮތާއި އެ މަޝްރޫޢުތަކުގެ މަޢުލޫމާތު މަރުކަޒީ ގޮތުން ބެލެހެއްޓުމާގުޅޭ ގޮތުން ކުރަންޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ސަރުކާރުން ހިންގާ އަދި ހިންގަން ރާވާ ބޮޑެތި މަޝްރޫޢުތަކާ ގުޅޭގޮތުން، ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދައި، ތައްޔާރުކުރަންޖެހޭ ޕްރޮޖެކްޓް ޑޮކިއުމަންޓްތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".
  2. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު :

މި މަގާމުތަކަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު، 6 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިއޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މިމަގާމުތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި އިންޓަރވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި  އެހެން ފަރާތްތަކަށް، މަގާމަށް ހޮވިފައިނުވާކަމުގެ ސިޓީ ނުފޮނުވޭނެކަމުގައިވެސް ދެންނެވީމެވެ. ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މިއޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއޮފީހުގެ ރިސެޕްޝަން ކައުންޓަރުންވެސް ފޯމު ލިބެންހުންނާނެއެވެ. މިއޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv  އެވެ.

22 ޖޫން 2017