މަސައްކަތް
ނަންބަރު: (IUL)299/299/2017/22
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 17 ޖޫން 2017 11:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ވާދޫ ކައުންސިލްގެ އިދާރާގެ ފާހާނާ މަރާމާތުކުރުން

އިޢުލާން

 

 

ރ.ވާދޫ ކައުންސިލްގެ އިދާރާގެ ފާހާނާ މަރާމާތުކުރުން

 

ވާދޫ ކައުންސިލްގެ އިދާރާގެ ފާހާނާ އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖުލައި 10 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖުލައި 17 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، ބަދަލުގައި ވަޑައިގެންނެވީ ކޮން ފަރާތެއް ތަމްސީލްކުރައްވަންކަން އެނގޭނެ ލިޔުމެއް ގެންނަވަންވާނެއެވެ.

މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، ރަޖިސްޓްރީ ކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ.

22 ޖޫން 2017