ދިވެހިރާއްޖެ
a
ސިވިލް ކޯޓު
މާލެ،
ދިވެހިރާއްޖެ.
ނަންބަރު:144-A/2017/289
އިޢުލާން
- މަޤާމް: ކޯޓު މާސްޓަރ
- ރޭންކް: GS-4
- ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2
- ބޭނުންވާ ޢަދަދު: 01
- މަސައްކަތް ކުރަންޖެހޭތަން: ސިވިލް ކޯޓު / މާލެ
- މުސާރަ: 5,020.00 (ފަސްހާސް ވިހި) ރުފިޔާ
- ސަރވިސް އެލަވަންސް: 1,500.00 (އެއްހާސް ފަސް ސަތޭކަ) ރުފިޔާ
- ރިސްކް އެލަވަންސް: 3,000.00 (ތިންހާސް) ރުފިޔާ
- ލިވިންގ އެލަވަންސް: 2,700.00 (ދެހާސް ހަތްސަތޭކަ( ރުފިޔާ
- ޖުޑީޝަލް އެލަވަންސް އަދި އިތުރު ގަޑީގެ ފައިސާ: މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- · ފެންވަރު ނުވަތަ ޝަރުތު:
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަތީސާނަވީ އިމްތިޙާނަކުން 03 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ޖީ.އެސް-3 ރޭންކްގައި މަދުވެގެން 01 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް-3 ގެ ރޭންކުގެ ތަޢުލީމީ ޝަރުޠުހަމަވުމާއެކު، ސަރުކާރުގެ ލޯއެންފޯސްމަންޓް ދާއިރާއެއްގައި ޖީ.އެސް-3 ރޭންކުގައި ނުވަތަ އެއަށްވުރެމަތީ ރޭންކެއްގައި މަދުވެގެން 02 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމަށް ބޭނުންވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ ލެވެލް 04ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
- · މަޤާމުގެ އެހެނިހެން ޝަރުޠު:
- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
- ފިރިހެނެއްނަމަ އިސްކޮޅުގައި 05 ފޫޓް 03 އިންޗި ހުރުން، އަދި އަންހެނެއްނަމަ އިސްކޮޅުގައި 05 ފޫޓް ހުރުން.
- ދުޅަހެޔޮ ސިއްޙަތެއްގައި ހުރި މީހެއްކަން ކޯޓުންދޭ ފިޓްނަސް ޓެސްޓެއްގައި ސާބިތުކޮށްދިނުން.
- އިސްލާމްދިނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތު ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއެކު އަދި އެހެނިހެން ކުށެއްގައި ޙުކުމެއް ކޮށްފައިވާނަމަ އެޙުކުމް ތަންފީޛު ކުރިތާ 07 އަހަރު ވެފައިވުން.
- އުމުރުން 18 އަހަރު ފުރި 45 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
- · މަޤާމުގެ މަސްޢޫލިއްޔަތުތައް:
ü ޝަރީޢަތުގެ މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.
ü ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.
ü ކޯޓުގެ ތެރޭގައި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.
ü ކޯޓުގެ ފަނޑިޔާރުން ކުރައްވާ ދަތުރުތަކުގެ ސެކިއުރިޓީ ކޯޓުން ކަނޑައަޅާ ގޮތަކަށް ބެލެހެއްޓުން.
ü ކޯޓު ތެރޭގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.
- ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
ނޯޓް: މިމަޤާމަށް މީހަކު ހޮވުމުގައި ޑްރައިވިންގ ލައިސެންސް ކެޓެގަރީ ބީ-1 ގައި ހިމެނޭ ތަކެތި ދުއްވުމުގެ ހުއްދަ އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މަޤާމް: އޮފީސް އެސިސްޓެންޓް
- ރޭންކް: SS-2
- ބޭނުންވާ އަދަދު: 01
- މަސައްކަތް ކުރަންޖެހޭތަން: ސިވިލް ކޯޓު / މާލެ
- މުސާރަ: -/3,470 (ތިންހާސް ހަތަރު ސަތޭކަ ހަތްދިހަ) ރުފިޔާ
- ސަރވިސް އެލަވަންސް: -/1000 (އެއްހާސް ރުފިޔާ)
- ލިވިންގ އެލަވަންސް: 2,700.00 (ދެހާސް ހަތްސަތޭކަ( ރުފިޔާ
- ޖުޑީޝަލް އެލަވަންސް އަދި އިތުރު ގަޑީގެ ފައިސާ: މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ފެންވަރު ނުވަތަ ޝަރުތު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ލިޔަން ކިޔަން ދަތުމާއެކު މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ހުއްދައެއް/ސަނަދެއް ޙާޞިލްކޮށްފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިއުމާއިއެކު، SS-1 ރޭންކުގައި މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- · މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: ސިޓީއާއި ތަކެތި ރައްދުކުރުމާއި، ކޯޓު އަމުރު ރައްދުކުރުމާއި، ބަންދުމީހުން ގެންދިއުމާއި، ކޯޓުގެ ތަޅުދަނޑި ގެނެސް ގެންދިއުމާއި، ފޮޅާ ސާފުކުރުމާއި، ސްޓޮކަށް ބޭނުންވާ ތަކެތި ނެގުން.
- · ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަޒީފާއަށް ރަގަޅުނަމަ މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި
- ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ނަމަ ޓްރާންސްކްރިޕްޓްއާއި އެކު (އެކްރެޑިޓްކޮށްފައިވާ އަދި އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ).
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS-3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.
- ވަޒީފާ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން. (ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ، ރޭންކް އަދި ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެގޮތަށް)
- ބޮންޑެއް އޮތް ފަރާތެއްކަމުގައި ވާނަމަ، ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
ސުންގަޑި: މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2017 ޖުލައި 09 ވާ އާދިއްތަ ދުވަހުގެ 14:30ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:
- މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށެވެ.
- އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށައަޅާފައިވާ ހުރިހާ ލިޔުމެއްގެ އަޞްލު ގެންނަންވާނެއެވެ.
- ވަޒީފާއަށް އެދޭފޯމު ސިވިލް ކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިފޯމް ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
26 ރަމަޟާން 1438
21 ޖޫން 2017