ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)335-AS/335/2017/60
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 05 ޖުލައި 2017 13:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

ހިންމަފުށީ ކައުންސިލް އިދާރާގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވާ، އެކަމަށް ފުރުޞަތު ހުޅުވާލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަން ހުރި ހީވާގި ޤާބިލް މީހުންނެވެ.

މަޤާމް:  މަސައްކަތު

ބޭނުންވާ އަދަދު: 1 (އެކެއް)

ރޭންކް:  އެސް އެސް 1

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން: ހިންމަފުށީ ކައުންސިލް އިދާރާ

މުސާރަ: -/3100 ރުފިޔާ (މަހަކު)

ސަރވިސް އެލެވަންސް: -/1000 ރުފިޔާ (މަހަކު).

މަޤާމް ޝަރުތުތައް: ލިޔަންކިޔަން ދަތުމާއިއެކު، މަޤާމް މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1.    ކޮންމެ ދުވަހަކު ގޯތިތެރެއާއި ވަށާމަގު ކުނިކަހާ، ސާފުކޮށް ބެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން 
  2.    ކޮންމެ ދުވަހަކު ފާހަނާތައް ސާފުކުރުން 
  3.    ކައުންސިލުން އާންމުކުރަންޖެހޭ ލިޔުންތައް އާންމު ކުރުމަށް ނޯޓިސްބޯރޑްތަކުގައި ހިއްޕުން.
  4.    ކޮންމެ ހަފްތާއަކު އެއްފަހަރު ކައުންސިލް އިދާރާގެ ފަންކާތަކާއި، ދޮރުތައް ފޮހެ ސާފްކުރުން. 
  5.    ކައުންސިލް އިދާރާގެ މީޓިން ރޫމް ސާފްކޮށް ބެލެހެއްޓުން 
  6.    ކޮންމެދުވަހަކު ޑަސްބިންތައް ސާފުކުރުން
  7.    އެކި އެކި އިދާރާތާކާއި ތަންތަނަށް ރައްދުކުރަންޖެހޭ ލިޔުންތައް ރައްދުކުރުން.
  8.    ކޮންމެ ދުވަހަކު ކައުންސިލް މެސްހޯލާއި ގުދަންތެރެ ސާފްކޮށް ތަރުތީބު ކުރުން.
  9.    މީޓިން ހޯލްގައި ބާއްވާ ބައްދަލުވުންތަކަށް މީޓިން ހޯލްތައްޔާރު ކުރުމާއި،އެކަމައި ބެހޭ އިންތިޒާމްތައް ހަމަޖެއްސުން.
  10.    އިދާރާއަށް ހާޟިރުކުރަންޖެހޭ މީހުންނަށް ޗިޓްރައްދުކުރުން. 
  11.    މީގެ އިތުރުންވެސް ކައުންސިލުން ކަނޑައަޅާ އިދާރާގެ މަސައްކަތްތަކާއި، ޒިންމާދާރުވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން   
  12.    އިންޞާފުވެރިކަމާއި، ތެދުވެރިކަމާއެކު، ވަކިފަރާތަކަށްނުޖެހި، ސިޔާސީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެހުރެ މަތީގައިވާ މަސައްކަތްތައްކުރުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

     (ހ) ތަޢުލީމާއި ތަމްރީން

     (ށ) މަސައްކަތުގެ ތަޖުރިބާ

     (ނ) މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

     (ހ) މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާފަރާތްތަކުގެ މެދުގައި ބާއްވާ އިންޓަވިއުކުރުން އޮންނާނީ ކ. ހިންމަފުށި ކައުންސިލް އިދާރާ ގައެވެ.

     (ށ) އިންޓަވިއު ކުރުން އޮންނާނެ ތާރީޚް އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ކުރެއްވުމަށްފަހު 5 ޖުލައި 2017 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 13:00  ގެ ކުރިން ހިންމަފުށީ ކައުންސިލް އިދާރާ އަށް

އުޖޫރައާއި އިނާޔަތްތައް:

  • ·         ސަރުކާރު މުވައްޒަފުންގެ ހެލްތް އިންސްއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ހަމަޖައްސަވައިދެވޭނެ، ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސާއި، އިތުރުގަޑީގާ މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ ޤަވާޢިދުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ·         ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްއިދާރާއިން )
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)
  • ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި،ޙާޟިރީ އަދި މަސައްކަތުގެ އުޅުމާއި، އަޚްލާޤް ހުރިގޮތް ބަޔާންކުރާފޯމް"
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރުގެ ރަސްމީގަޑީގައި ގުޅުއްވާނީ (6642024) ނަންބަރު ފޯނާއެވެ. އީ މެއިލް ކުރައްވާނީ [email protected])) އަށެވެ.

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

                           26 ރަމަޟާން 1438

                           21  ޖޫން  2017

21 ޖޫން 2017