މަސައްކަތް
ނަންބަރު: 60-ADM/2017/161
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 04 ޖުލައި 2017 11:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގެ ބޭނުމަށް ސެކަންޑް ހޭންޑް ވެހިކަލެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ.

 އިޢުލާން

އެސްޓީއޯގެ ބޭނުމަށް ސެކަންޑް ހޭންޑް ވެހިކަލެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ.

މި ކުންފުންޔަށް ބޭނުންވާ ސެކަންޑް ހޭންޑް ވެހިކަލެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތް: މި ކުންފުނިން ދޭ މަޢުލޫމާތާއި، ސްޕެސިފިކޭޝަން އާއި އެއްގޮތަށް 1 (އެކެއް) ސެކަންޑް ހޭންޑް ވެހިކަލެއް ސަޕްލައި ކޮށްދިނުން

       ބާވަތް: ޑީސަލް ޕިކަޕް

       މޮޑެލް: ޓޮޔޯޓާ، ނިސާން، އިސުޒު އަދި މިޓްސުބިޝީ

       ޓަނޭޖް: 2 - 4 ޓަނު

       އިންސްޕެކްޝަން: ބީލަން ހުށަހަޅައިގެން ހޮވޭ ފަރާތުން 07 (ހަތެއް) ދުވަހުގެ ތެރޭގައި އިންސްޕެކްޓް ކުރުމަށްޓަކައި ވެހިކަލް ފޯރުކޮށްދެވެން ވާނެއެވެ.

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ.

ރަޖިސްޓަރީ އަދި މަޢުލޫމާތު ސާފުކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2017 ޖުލައި 04 ވަނަ ދުވަހުގެ 1130 ގެ ކުރިން އެސްޓީއޯ  ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަން ކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަން ކަރުދާސް ދޫކުރާނީ 2017 ޖުލައި 04 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2017 ޖުލައި 05 ވަނަ ދުވަހުގެ 1130 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅަން ބޭނުންފުޅުވާ ސުވާލުތައް 2017 ޖުލައި 06 ވަނަ ދުވަހުގެ 1000 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2017 ޖުލައި 06 ވަނަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2017 ޖުލައި 13 ވަނަ ދުވަހުގެ 1400 ގައި އެސްޓީއޯ ހެޑް އޮފީހުގައެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3344196 , 3344321

ފެކްސްް: 3344633

އީމެއިލް: [email protected]

                 

21 ޖޫން 2017

 

 

21 ޖޫން 2017