ދިވެހިރާއްޖެ
ފެކަލްޓީ އޮފް ހެލްތު ސައިންސަސް
ހަނދުވަރީހިގުން، މާފަންނު
މާލެ، (20318)، ދިވެހިރާއްޖެ
ފޯނު (960) 3346500 :
ފެކްސް: (960) 3316498
www.mnu.edu.mv
ނަންބަރު: 04 /2017/MED/153-FHS
އިޢުލާން
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ކުރުމުގެ ކުރިން ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިހާނާ ބެހޭ.
މިފެކަލްޓީގެ ނަންބަރު: 18 /2016/MED/153-FHS ގެ އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
އެއިޢުލާންގައިވާ ރާއްޖޭގައި މަސައްކަތްކުރައްވާ ފާމަސިސްޓުންނަށާއި، މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނަށާއި، ކޮމިއުނިޓީ ހެލްތު/ ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްޞަކޮށްގެން ފެންވަރު ބެލުމުގެގޮތުން ދެވޭ ކޮމްޕީޓަންސީ އިމްތިޙާން ފެކަލްޓީގައި ބޭއްވޭނީ ތިރީގައި މިދަންނަވާ ތާވަލުގައިވާ ދުވަސްތަކުގައި ހެނދުނު 10:00 ގައެވެ.
# |
މަސް |
ދުވަސްތައް |
1 |
ޖުލައި |
10 އަދި 24 |
2 |
އޮގަސްޓް |
07 އަދި 21 |
3 |
ސެޕްޓެމްބަރު |
05 އަދި 18 |
4 |
އޮކްޓޯބަރ |
02،16 އަދި 30 |
5 |
ނޮވެމްބަރ |
13 އަދި 27 |
އިމްތިޙާންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ކަންތައްތަކަށް ސަމާލުކަން ދެއްވަންޖެހޭނެއެވެ.
-
އިމްތިޙާން އޮންނަ ދުވަހުގެ 2 ދުވަސް ކުރިން (ބަންދު ދުވަސް ނުހިމަނާ) ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ކުރުން.
-
އިމްތިޙާން އޮންނަ ދުވަހު އިމްތިޙާން ފެށުމުގެ 30 މިނިޓް ކުރިން އިމްތިޙާނަށް ޙާޟިރުވުން.
-
އިމްތިޙާނަށް ޙާޟިރުވާއިރު ބިދޭސީއެއްނަމަ ޕާސްޕޯޓް އަދި ދިވެއްސެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް،އިމްތިޙާނަށް ފީ ދެއްކިކަމުގެ ރަސީދު އަދި މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ދެއްވާފައިވާ ޕްރީ ރަޖިސްޓްރޭޝަން އެޕްރޫވަލް ސްލިޕް ނުވަތަ އެބޯޑުން ދެއްވާ އިންޓަވިއުއިން ފާސްވިކަމުގެ ލިޔުން ގެނައުން.
އިތުރު މަޢުލޫމާތު މިފެކަލްޓީގެ ފޯނު ނަންބަރު 3346500 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
26 ރަމަޟާން 1438
21 ޖޫން 2017