ކުއްޔަށް ދިނުން
ނަންބަރު: (IUL)30-E/30/2013/57
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2013
ޕަބްލިޝްކުރި ގަޑި: 16:12
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ބީލަމަށް ހުޅުވާލާފައިވާ ފަޅުރަށްރަށާ ގުޅޭ

މި މިނިސްޓްރީގެ ނަންބަރު IUL)30-E/30/2013/50)ފ(26 ސެޕްޓެންބަރު 2013) ގެ އިޢުލާނާއި ނަންބަރު IUL)30-E/30/2013/55)ފ(3  އޮކްޓޫބަރު 2013) ގެ އިޢުލާނުން ބީލަމަށް ހުޅުވާލާފައިވާ ފަޅުރަށްރަށް ކުއްޔަށް ހިފުމަށްޓަކައި ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ފުރުޞަތު އޮންނާނީ، މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވެފައިވާ ފަރާތްތަކަށެވެ.

މީގެ ކުރިންވެސް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ފުރުޞަތު އޮންނަނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

5 ޛުލްޙިއްޖާ 1434

10 އޮކްޓޫބަރު 2013