ދިވެހިރާއްޖެ
`
ށ. އަތޮޅުމަދަރުސާ
ށ. ކަނޑިތީމު / ދިވެހިރާއްޖެ ނަންބަރ:GS34/2017/18
އިޢްލާން
އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު
މި މަދަރުސާގެ އެސެމްބްލީ އޭރިޔާގެ ކަރަންޓު ވިއުގަ ބަދަލުކުރުމަށްކުރެވުނު GS34/2017/12 ނަންބަރު އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވި ފަރާތްތައް މަދު ވުމާއެކު އެ އިޢުލާންވަނީ ބާޠިލް ކުރެވިފައެވެ.
ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަދަރުސާގެ އެސެމްބްލީ އޭރިޔާގެ ކަރަންޓު ވިއުގަ ބަދަލުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
2017 ޖުލައި 03 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި. |
އަންދާސީހިސާބު ހުށަހެޅުއްވުން |
2017 ޖުލައި 06 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި. |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " އެސެމްބްލީ އޭރިޔާގެ ކަރަންޓު ވިއުގަ ބަދަލުކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.
އަދި ދަންނަވެމެވެ. 03 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 11:00 ގައި އޮންނަ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުވެނުލައްވާ، މަޢުލޫމާތު ކަރުދާސް ނުގެންދަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
25 ރަމަޟާން 1438
20 ޖޫން 2017