މުބާރާތް
ނަންބަރު: (IUL)430-DBA-B/1/2017/12
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 09 އޮގަސްޓް 2017 13:30
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 31ވަނަ ޤައުމީ މުބާރާތާއި އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 34ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

 `

 

އިޢުލާނު

             އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 31ވަނަ ޤައުމީ މުބާރާތާއި އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 34ވަނަ ޤައުމީ މުބާރާތުގެ ސުންގަޑީގެ ގޮތުގައި މިހާރު އިޢުލާން ކޮށްފައިވާނީ 2017 ޖުލައި 5 ވާ ބުދަ ދުވަހުގެ މެންދުރު 13:30 އެވެ.

ނަމަވެސް ގިނަ އަދަދެއްގެ މަދަރުސާތަކުންނާއި އާންމު ފަރާތްތަކުން މި ދެ މުބާރާތުގެ ސުންގަޑި އިތުރުކުރުމަށް މި އެކެޑަމީގައި އެދެމުންދާތީ މި ދެ މުބާރާތަށް ތަކެތި ހުށަހެޅުމުގެ ފުރުޞަތު 2017 އޮގަސްޓު 9 ވާ ބުދަ ދުވަހުގެ މެންދުރު 13:30 އާ ހަމައަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

______________

24 ރަމަޟާން 1438

19 ޖޫން 2017

19 ޖޫން 2017