މަސައްކަތް
ނަންބަރު: (IUL)28-FA-1/1/2017/48
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 22 ޖޫން 2017 11:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފްގައި ބޭނުންކުރާ އޯޓިސް ބްރޭންޑްގެ 04 ލިފްޓް ސަރވިސްކުރުން

އަންދާސީހިސާބު ބޭނުންވެއްޖެ.

 

އެމް.އެން.ޑީ.އެފްގައި ބޭނުންކުރާ އޯޓިސް ބްރޭންޑްގެ 04 ލިފްޓް ސަރވިސްކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

      ވީމާ، މިމަސައްކަތްކޮށްދޭންއެދޭ ފަރާތްތަކުން 2017 ޖޫން 22 ވަނަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 2017 ޖުލައި 02 ވަނަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުންއެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމަށް މީގެކުރިން ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)28-FA-1/1/2017/47 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާވަރަށް ބޭފުޅުން ހާޒިރުވެފައިނުވާތީ، އެއިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

19 ޖޫން 2017