ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ހޯދުން:
ގދ. ނަޑެއްލާ ސަހަރާ އިންފާރު ރޭނުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރައިގެ ނަންބަރު: (IUL)418-AS/418/2017/29 (21 މެއި 2017) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް މަޢުލޫމާތު ކަރުދާހުގައިވާ ޝަރުޠުތަކަށް ނުފެތޭތީވެ އެ އިޢުލާން ބާޠިލުކޮށް އެ މަޝްރޫޢު ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށްޓަކާ އަލުން އިޢުލާން ކުރީމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ލިޔުމަކުން މި އިދާރާއަށް އަންގަންވާނެއެވެ.
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން ތިރީގައިއެވާ ގަޑިތަކުގައި މި އިދާރާގައާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށްޓަކާ ގަޑިޔަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި "ގދ. ނަޑެއްލާ ސަހަރާ އިންފާރު ރޭނުމުގެ ޕްރޮޖެކްޓް" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން:
- މަޢުލޫމާތު ސާފުކޮށްދިނުން: 22 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި
- އަންދާސީ ހިސާބު ބަލައިގަތުން: 04 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ 13:00ގައި
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ރަމަޟާން 1438
19 ޖޫން 2017