ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)348-EM/348/2017/15
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 05 ޖުލައި 2017 14:00
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

 

 

އދ. އޮމަދޫ ކައުންސިލްގެ އިދާރާ

އޮމަދޫ، ދިވެހިރާއްޖެ.                                                                                                                                                              

އިޢުލާން

                                                        ނަމްބަރު: (IUL)348-EM/348/2017/15 

ވަޒީފާގެ ފުރުޞަތު

މަޤާމް:

ވަގުތީ މަސައްކަތު.     ވޭޖް އެމްޕްލޯއިމަންޓްގެ އުޞޫލުން 1 އަހަރު ދުވަހަށް.   

ބޭނުންވާ އަދަދު:

02 ( ދޭއް )

ކްލެސިފިކޭޝަން:

 ސަޕޯރޓް ސްޓާފް ގްރޭޑް 1

ރޭންކް:

SS 1

މަޤާމްގެ ގިންތި:

ވަގުތީ މަސައްކަތު

ވަޒީފާ އޮތް އޮފީސް:

އދ އޮމަދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސަސް 

މުސާރަ / އުޖޫރަ

މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 22.78ރ

ދުވާލަކު މަސައްކަތްކުރަންޖެހޭ ގަޑީގެ ޢަދަދު

ހަމަޖައްސާ އުސޫލާއެއްގޮތަށް ދުވާލަކު 06 ގަޑިއިރު.

ފެންވަރު ނުވަތަ ޝަރުތު

1-      މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު،

(ހ) ލިޔަން ކިޔަން ދަތުން. ނުވަތަ

(ށ) އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެމަތީ ރޭންކްއަކާއި އެއްފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

(ނ) މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއްގެ އެއް ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންއަންނަ މީހެއް ކަމުގައިވުން.

ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  •  1.  އދ. އޮމަދޫ ކައުންސިލުން ކަނޑައަޅާ ތާވަޅަކާއި އެއްގޮތަށް ކައުންސިލުން ކަނޑައަޅާ މިސްކިތެއްގައި

    އިމާމު /މުދިމް އަންގާގޮތެއްގެ މަތިން މަސައްކަތް ކުރުން.

  • 2.  ރަށު ކައުންސިލުން އިންތިޒާމްކުރާ ގޮތެއްގެމަތިން މިސްކިތް ފޮޅާ ސާފުކުރުމާއި ފާޚާނާ އާއި އިސްކުރުބަރި

   ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި މިސްކިތު ގޯތިތެރެއާއި މިސްކިތާއި

   އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާއިވީފަޅި ކުނިކެހުމާއި ވިނަނޮޅުމާއި ކުނިއުކާލުމުގެ މަސައްކަތްކުރުން.

  • 3. މިސްކިތު ވަޅު ދިޔަހިއްކާ ސާފުކުރުން.    

         

 

  •  4. އިމާމު/ނުވަތަ މުދިމު އަންގާ ގޮތެއްގެ މަތިން ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ

   ތަންތަނާއި ބޮކި ، ފަންކާ ، ކަބަޑުތައް ފޮޅާ ސާފުކުރުން. އަދި ފަންކާތައް  ކައުންސިލުން ހަމަޖައްސާ

   އުޞޫލަކުން ޖައްސާ ކެނޑުން .

  • 5. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން މުދިމް/އިމާމަށާއި ރަށު ކައުންސިލަށް އަންގަމުން ގެންދިއުން.
  • 6. ރަށު ކައުންސިލުންނާއި އިމާމް/މުދިމް ހަމަޖައްސާ ގޮތެއްގެ މަތިން މިސްކިތްތަކުގެ ގޯތިތެރޭގައި ގަސްއިންދާ

  ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން .

  • 7. ރަށު ކައުންސިލުން އަންގާގޮތެއްމަތިން މިސްކިތުގެ ދިއްލުންތައް ދިއްލާ ނިވައި ހެދުން .
  • 8. ރަށު ކައުންސިލުން އަންގައިފިނަމަ ފަރުޟު ފަސްނަމާދާއި ގުޅިގެން ނޫންގޮތަކަށް ކުރާ ނަމާދުތަކަށް މިސްކިތް

  ތައްޔާރުކުރުމަށް ނުކުމެ އެމަސައްކަތް ކުރުން .

  • 9. މިސްކިތުގައި ދީނީ ދަރުސުތައް ދިނުންފަދަ ޕޮރްގްރާމްތައް ހިނގާނަމަ ، އެފަދަ ޕޮރްގްރާމް ތަކަށް ބޭނުންވާ

  އެހީތެރިކަން ދިނުން.   

  • 10.ކައުންސިލްގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެއްމެހައި ކަންތައްތައް ކުރުން.    

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

ހ- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށް ފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ، އދ. އޮމަދޫ ކައުންސިލްގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ބަންދު ނޫން ކޮންމެ ދުވަހަކު، މި ކައުންސިލްގެ  ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  ، އދ.   އޮމަދޫ ކައުންސިލްގެ އިދާރާއަށް.  

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ޖުލައި 05 ވާ  ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އދ އޮމަދޫ ކައުންސިލްގެ  6680542   ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

                       22 ރަމަޟާން 1438  

                        17 ޖޫން  2017  

   

17 ޖޫން 2017