މުބާރާތް
ނަންބަރު: MCF/IL/11/2017
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 25 ޖޫން 2017 14:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ޤައުމީ އަންހެން ، ފިރިހެން ޗެސް ޓީމު ހޮވުން

އިޢުލާން

 

1 ސެޕްޓެމްބަރ 2017 އިން 31 ޑިސެމްބަރ 2017 ގެ ނިޔަލަށް ޤައުމީ އަންހެން އަދި ފިރިހެން ޗެސް ޓީމު ހޮވުމަށް ބާއްވާ ސިލެކްޝަން ޓޯނަމެންޓުގައި ބައިވެރި ވުމުގެ

ފުރުސަތު ހުޅުވައިލަމެވެ. މުބާރާތުގެ ތަފްސީލު ތިރީގައި އެވަނީއެވެ.

 

  • މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 2017/6/25 ދުވަހުގެ 1400އެވެ.
  • މުބާރާތް ކުރިއަށް ދާނީ 2 ޖުލައި 2017 އިން 8 ޖުލައި 2017 ގެ ނިޔަލަށެވެ.
  • މި މުބާރާތުގައި ހުރިހާ އުމުރުފުރާއެއްގެ ކުޅުންތެރިންނަށް ބައިވެރިވެވޭނެއެވެ.
  • މުބާރާތުގައި ބައިވެރިވުމުގެ ފީ އަކީ 500 ރުފިޔާއެވެ.

 

 މި މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޤަވާއިދު މި ފެޑެރޭޝަން ގެ އޮފީހުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 ން 14:00 އަށް ލިބެން ހުންނާނެއެވެ.

 

އިތުރު މައުލޫމާތު ހޯއްދެވުމަށްޓަކައި ގުޅުއްވާނީ އޮފީސް ނަމްބަރު 7310073 ނުވަތަ 7776466 އަދި 9776466 އަށެވެ.

24 ރަމަޟާން 1438

19 ޖޫން 2017