ދިވެހިރާއްޖެ
`
އއ. އަތޮޅު ތަޢުލީމީ މަރުކަޒު
އއ. ރަސްދޫ، ދިވެހިރާއްޖެ
ތާރީޚް: 18 ޖޫން 2017 ނަންބަރު:GS40/2017/12
ވަޒީފާގެ ފުރުޞަތު
ޓީޗަރ (ޤުރުއާން) |
މަޤާމް: |
J-277135 |
މަޤާމުގެ ނަންބަރު: |
1 (އެކެއް) |
ބޭނުންވާ އަދަދު: |
ދާއިމީ |
މަޤާމުގެ ގިންތި: |
ސީ އެސް 2-13 |
މަޤާމުގެ ރޭންކް: |
ސްކޫލް ޓީޗަރސް |
މަޤާމުގެ ކްލެސިފިކޭޝަން: |
ކިޔަވައިދިނުމާއި ގުޅޭބައި |
ސެކްޝަން: |
އއ. އަތޮޅު ތަޢުލީމީ މަރުކަޒު |
މަޤާމް އޮތް އޮފީސް: |
އއ. އަތޮޅު ތަޢުލީމީ މަރުކަޒު |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
-/8440 (އަށްހާސް ހަތަރުސަތޭކަ ސާޅީސް ރުފިޔާ) |
މުސާރަ: |
-/2500 ( ދެހާސް ފަސްސަތޭކަ ރުފިޔާ) |
ސަރވިސް އެލެވަންސް: |
|
އިތުރު ޢިނާޔަތްތައް: |
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:
- ޓައިމްޓޭބަލްގައި ހަވާލުކުރެވިފައިވާ މާއްދާތަކުގެ ސްކީމް ، ލެސަން ޕްލޭން އަދި ކިޔަވައިދިނުމުގެ އެހީ ތައްޔާރުކޮށް ޓައިމްޓޭބަލްގައިވަ ގަޑިތައް ޤަވާއިދުން ނެގުން .
- ނަގަންޖެހޭ އެސެސްމެންޓްތައް ތައްޔާރުކޮށް ގްރޭޑް ސްޕަވައިޒަރއަށް ހުށަހަޅައި ޗެކްކުރުމަށްފަހު ނެގުން. އަދި އެސެސްމެންޓް ނެގުމުގެ ކުރިން ދަރިވަރުންނާއި ބެލެނިވެރިންނަށް މަޢުލޫމާތުދީ ، އެސެސްމެންޓް ނިމުމުން މާކުކޮށް ދަރިވަރުންނާއި ބެލެނިވެރިންނަށް ނަތީޖާ ޚިއްޞާކޮށް ، ރީޓެސްޓް ނަގަންޖެހޭ ދަރިވަރުންނަށް ރީޓެސްޓް ނަގައި އެސެސްމެންޓް ޝީޓް ޗެކްކުރުމަށް ގްރޭޑް ސްޕަވައިޒަރާއި ޙަވާލުކުރުން.
- ޙަވާލުކުރެވިފައިވާ ކްލާސް ޓީޗަރުކަމުގެ ޒިއްމާ ފުރިހަމައަށް އަދާކުރުން.
- ސެޝަންތެރޭގައި ޙަވާލުކުރާ ބަދަލުގަޑިތައް ނަގައިދިނުން އަދި ބަދަލުގަޑިތައް ނަގައިދިނުމުގައި ލީޑިން ޓީޗަރުންނަށް އެއްބާރުލުން ދިނުން.
- ސެޝަން މީޓިންގ ، ކޯޑިނޭޝަން މީޓީންގ އަދި ސްކޫލުން އަންގާ އެހެނިހެން މީޓީންގތަކަށް ގަޑިއަށް ޙާޟިރުވެ ބައިވެރިވުން.
- ޙަވާލުކުރެވިފައިވާ ކްލާހުގެ ދަރިވަރުންގެ ކިޔުމްލޭޓިވް ފައިލް ތައްޔާރުކޮށް ބެލެހެއްޓުން އަދި ކްލާސްތެރޭގައި ދިމާވާ އަޚްލާޤީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުން. މިގޮތުން އަޅަންޖެހޭ ނުވަތަ އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތު ގްރޭޑް ސްޕަވައިޒަރަށް ދިނުން.
- ރަސްމީ ސެޝަންގެ އިތުރުން އެހެން ސެޝަނެއްގެ ކްލާސްތައް ނަގައިދޭން ޖެހިގެން ސްކޫލުން އަންގާ އެންގުންތަކަށް ފުރިހަމައަށް އިޖާބަދިނުން.
- ސަލާމާއި ޗުއްޓީ ނެގުމުގެ ކުރިން ގްރޭޑް ސްޕަވައިޒަރާއި މަޝްވަރާކުރުން.
- ސްކީމް އޮފް ވޯކާއި ލެސަން ޕްލޭން އަދި ދަރިވަރުންގެ ފީޑްބެކްތައް ސްކޫލުން ކަނޑައަޅާ އުޞޫލަކުން ތައްޔާރުކުރަމުން ގެންދިއުމާއި އެކު ހުށައަޅަން ޖެހޭ ފަރާތްތަކަށް ގަވާއިދުން ހުށައެޅުން.
- ޓީޗަރުންނާއި އެހެނިހެން މުވައްޒަފުންނާއި އަދިސްކޫލް ކަންކަމުގައި އަންނަ އާންމު ފަރާތްތަކާއި މުއާމަލާތު ކުރުމުގައި މަޑުމައިތިރި ސާދާ ގޮތް ގެންގުޅުމާއި އެފަރާތްތަކުން އެދޭ ކަންތައްތައް ވީ އެންމެ ރަގަޅަކަށް ކޮށްދިނުމާއި، މުޖުތަމަޢާއި ސްކޫލާއި ދެމެދު ބަދަހިގުޅުމެއް ޤާއިމުކުރުމަށްޓަކައި އަބަދުވެސް މަސައްކަތްކުރުން.
- ރަސްމީ ގަޑީގައި ސްކޫލަށް ދުރުވާއިރު ރަސްމީ ހެދުމުގައި ސްކޫލަށް ހާޟިރުވުމާއި ރަސްމީގަޑީގައި ސްކޫލުގައި ވަގުތު ހޭދަކުރުން.
- ހަވާލުކުރެވިފައިވާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމާ މަސްއޫލިއްޔަތު އުފުލާ ޒިންމާދާރުވުމާ ސްކޫލުގެ ކަންތައްތައް ހަރުދަނާ ކުރުމުގައި ފުރިހަމައަށް އެއްބާރުލުން.
- ރަސްމީ ގަޑީގައި މަސައްކަތް ނިންމާނުލެވިއްޖެނަމަ، ނުވަތަ ކޮންމެހެން ނިންމަންޖެހޭ މަސައްކަތެއް ނިންމުމަށްޓަކައި ސްކޫލުގެ ފަރާތުން ނިކުންނެވުމަށް ދެންނެވިއްޖެނަމަ އިތުރުގަޑީގައި ނިކުންނަވައިގެންވެސް ޙަވާލުކުރެވޭ މަސައްކަތްތައް ބަރާބަރަށް ނިންމުން.
- މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގާ އެންގުންތަކާއި، ސްކޫލުގައި ހެދިފައި ހުންނަ ޤަވާޢިދުތަކާއި އުޞޫލުތަކުގެ އިތުރުން ސިވިލްސަރވިސްގެ އެންމެހާ ގަވާއިދުތަކަށް ހުރުމަތް ތެރިކޮށް ހިތާ އެކަންކަން ތަންފީޒުކުރުމަށް މަސައްކަތްކުރުން.
- ސްކޫލުން ފޯރުކޮށްދޭން ޖެހޭ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފަށް ލިބިފައިވާ ހުނަރުވެރިކަމާއި ޤާބިލްކަން ބޭނުންކުރަންޖެހޭ ހާލަތްތަކުގައި އެފަދަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުން.
- ތަނުގެ އާއްމުމަސްލަހަތާއި ތަކެއްޗާއި އެހެނިހެން މުވައްޒަފުނާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ގެއްލުން ލިބޭފަދަ ކަންކަމުން ދުރުހެލިވުމާއި އެފަދަ ކަންކަމުން ސްކޫލުގެ ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދާ ފަރާތްތައް ރައްކާތެރި ކުރުމަށް މަސައްކަތްކުރުން.
- ސްކޫލުން ހާސިލްކުރުމަށް ކަނޑައަޅާ ލަނޑުދަނޑިތައް ޙާސިލްކުރުމަށް އެމުވައްޒަފެއްގެ ދާއިރާއިން ވެދޭންޖެހޭ އެހީތެރިކަން ފޯރުކޮށް ދިނުން.
- އަދި މީގެ އިތުރުންވެސް ސްކޫލުގެ މަސައްކަތްތަކުގެތެރޭގައި ހިމެނޭ ކަންކަމުގައި ސްކޫލުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ކުރަންޖެހޭ ކަންތައްތައްކުރުން.
ޝަރުތު:
މަޤާމުގެ ނަން |
ކްލެސިފިކޭޝަން |
ސިވިލްސަރވިސް ރޭންކް |
އަސާސީ ޝަރުޠު |
އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ސީނިއަރ ޓީޗަރ |
ސްކޫލް ޓީޗަރސް |
CS15-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
-/10640 ރުފިޔާ |
-/2500 ރުފިޔާ |
CS15-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
-/10320ރުފިޔާ |
-/2500 ރުފިޔާ |
||
CS15-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
-/10100ރުފިޔާ |
-/2500 ރުފިޔާ |
||
CS15-2 |
|
-/9910ރުފިޔާ |
-/2500 ރުފިޔާ |
||
|
|||||
ޓީޗަރ |
ސްކޫލް ޓީޗަރސް |
CS13-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-4ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
-/9850ރުފިޔާ |
-/2500 ރުފިޔާ |
CS13-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-3ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
-/9360ރުފިޔާ |
-/2500 ރުފިޔާ |
||
CS13-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-2ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
-/8890ރުފިޔާ |
-/2500 ރުފިޔާ |
||
CS13-2 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. |
-/8440ރުފިޔާ |
-/2500 ރުފިޔާ |
||
ޓީޗަރ |
ސްކޫލް ޓީޗަރސް |
CS11-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-4ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. |
-/8250ރުފިޔާ |
-/2500 ރުފިޔާ |
CS11-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
-/7840ރުފިޔާ |
-/2500 ރުފިޔާ |
||
CS11-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2CS11-ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
-/7450ރުފިޔާ |
-/2500 ރުފިޔާ |
||
CS11-2 |
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. |
-/7070ރުފިޔާ |
-/2500 ރުފިޔާ |
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.
- ދިވެހިބަހާއި، އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގޭ ފަރާތެއްކަމުގައިވުން.
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
އިންޓަރވިއު ކުރުން
ހ. މިމަޤާމަށް ކުރިމަތިލާ ފަރާތްތަކާއި އިންޓަވިއު ކުރުން އޮންނާނެ ތާރީޚަކާއި ވަގުތެއް، ވަގުތުއޮއްވާ އެންގޭނެކަމުގައި ދަންނަވަމެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޢަދަދު 10 މީހުންނަށްވުރެ އިތުރުވެއްޖެ ނަމަ ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި މި މަރުކަޒުގެ އިދާރާއިންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީ ފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މި މަރުކަޒުގެ އިދާރާއަށެވެ. އީ.މެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް ފޮނުއްވުން އެދެމެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2017 ޖުލައި 04 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިންނެވެ.
ނޯޓް:
މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން.އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަންބަރު 6660020 ފޯނަށް ގުޅުއްވުން އެދެމެވެ.
ޢަލީ ނަޢީމް
ޕްރިންސިޕަލް