ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)166-Schol/166/2017/ 67
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 21:48
ސުންގަޑި: 01 އޮގަސްޓް 2017 00:00
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހޫބަރޓް އެޗް.ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމް 2019-2018

       ހޫބަރޓް އެޗް.ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމްގެ ދަށުން ގްރެޖްއޭޓް ލެވެލް ނޮންޑިގްރީ އެކަޑަމިކް ކޯސްވަރކް އަދި ޕްރޮފެޝަނަލް ޑިވަލޮޕްމެންޓް އެކްޓިވިޓީ އަހަރެއް ޔުނައިޓެޑް ސްޓޭޓްސް ގައި ފުރިހަމަކުރުމުގެ ފުރުޞަތު 3 ފަރާތަކަށް ދެއްވުމަށް ހަމަޖެހިފައިވާކަން އެ ފަރާތުން ވަނީ އަންގަވާފައިވެއެވެ. މިކޯސްތަކަށް ކުރިމަތިލެއްވުމުގެ ޝަރުތުތަކާއި އެޕްލައިކުރެއްވޭނެ ދާއިރާތަކާއި އިތުރުމައުލޫމާތު މިޑިޕާޓްމަންޓުގެ ވެބްސައިޓް www.dhe.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

 

         ވީމާ،ހޫބަރޓް އެޗް.ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމްގެދަށުން ކިޔެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 1 އޯގަސްޓް 2017 (އަންގާރަ) ދުވަހުގެ ކުރިން ތިރީގައިވާ ލިންކްގައި ޔޫސަރ އެކައުންޓެއް ކްރިއޭޓްކުރެއްވުމަށްފަހު އޮންލައިންކޮށް އެޕްލައިކުރައްވަންވާނެއެވެ. އަދި އެޕްލިކޭޝަން ފޮނުއްވިކަން ދިވެހިރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރަށް އީމެއިލް އަކުން އަންގަވަންވާނެއެވެ. އަދި މިކޯހަށް ނޮމިނޭޓްވާ ފަރާތްތަކަށް ބާއްވަވާ އިންޓަރވިއު މިއަހަރުގެ ސެޕްޓެންބަރު މަހުގައި އޮންނާނެކަން ސްކޮލަރޝިޕްދެއްވާ ފަރާތުންވަނީ އަންގަވާފައެވެ.

 

American Center email ID: [email protected]

For more information: https://humphreyfellowship.org/am-i-eligible

Online application: https://humphreyfellowship.org/embassies-and-commissions

18 ޖޫން 2017