ދިވެހިރާއްޖެ
ޢިމާރާތްތަކުގެ ސްޓްރަކްޗަރަލް ކުރެހުންތައް ޗެކްކޮށްދެއްވާނެ 3 ފަރާތެއް ހޯދުން
މި މިނިސްޓްރީއަށް ހުށަހަޅާ ބައެއް ޢިމާރާތްތަކުގެ ސްޓްރަކްޗަރަލް ކުރެހުންތައް މި މިނިސްޓްރީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޗެކުކޮށް ދެއްވާނޭ 3 ފަރާތެއް ހޯދުމަށް މި މިނިސްޓްރީންކޮށްފައިވާ ނަންބަރު (IUL)138-CS1/138/2017/19 އިއުލާން ބާތިލްކޮށް އެ މަސައްކަތް ކުރުމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލީމެވެ. މިމަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ވަނަވަރާއި އެހެނިހެން ތަފުސީލާއެކު އަންނަނިވި ތާވަލުގައިވާ ގޮތުގެ މަތީން މި މިނިސްޓަރީއަށް އަންދާސީ ހިސާބު ހުށަހަޅުއްވައި ދެއްވުން އެދެމެވެ.
|
ތާރީޙް |
ވަގުތު |
ތަފްސީލް |
|
5 ޖުލައި 2017 (ބުދަ) |
11:00 |
އަންދާސީ ހިސާބު ހުށަހެޅުއްވުން |
އިތުރު މައުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަންބަރު 3004172 އާއި ގުޅުއްވުން އެދެމެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވަލޮޕްމަންޓް ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ
މާފަންނު، އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
19 ރަމަޟާން 1438ހ.
14 ޖޫން 2017މ.