މަސައްކަތް
ނަންބަރު: GS-167/IUL/2017/18
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 02 ޖުލައި 2017 13:00
މަޑުއްވަރީ ސްކޫލް/ މ.މަޑުއްވަރީ
ދިވެހިރާއްޖެ
2 ޕާރޓިޝަން ހެދުމާުގުޅޭ

މި އިޢުލާންވަނީ 15 ޖޫން 2017 14:41 ގައި ބާތިލް ކުރެވިފައެވެ.


Maduvvari School

M.Maduvvari

Rep.Of Maldives

No: GS–167/IUL/2017/18

 

 

މަޑުއްވަރީ ސްކޫލް

މ.މަޑުއްވަރި

ދިވެހިރާއްޖެ

ނަމްބަރ : GS–167/IUL/2017/18

 

އިޢުލާން

2 ޕާރޓިޝަން ހެދުމާގުޅޭ

 

 

 

 

 

 

 

ގެޒެޓް ކުރެވިފައި ނެތުމުގެ ސަބަބުން ނަންބަރ GS167/ IUL/ 2017/13 އިއުލާން ވަނީ ބާތިލްކުރެވިފައެވެ.

މި ސުކޫލުން ދޭ މައުލޫމާތާ އެއްގޮތަށް  މ.މަޑުއްވަރީ ސްކޫލު ހޯލްގެ 2 ޕާރޓިޝަން އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ޖުލައި 2017 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 އަށް މ.މަޑުއްވަރީސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ޖުލައި 2017 ވާ ބުދަ ދުވަހު މެންދުރު 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

           މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑާއި އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

           މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. ޕޮއިންޓް ދެވޭ ގޮތުގެ ތަފުސީލު ބީލަން ތައްޔާރުކޮށް ހުށަހަޅާނެ ގޮތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 7952908 ނަންބަރަށެވެ.

1- މަސައްކަތުގެ އަގަށް                                   65 ޕޮއިންޓް

2- މަސައްކަތް ނިންމާނެ މުއްދަތު                          20 ޕޮއިންޓް

3- މިފަދަ މަސައްކަތެއް ކުރެވިދާނެ ކަމުގެ މާލީ ޤާބިލުކަމަށް   5 ޕޮއިންޓް

4- މިފަދަ މަސައްކަތުގެ ތަޖުރިބާ                           10 ޕޮއިންޓް

           ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 ޖޫން 2017

                                                           ޙާދިމަތުކުމް

                                                         މަރްޔަމް ރުޝްދާ

                                                      ހިންގުމާ ހަވާލުވެ ހުންނެވި

15 ޖޫން 2017