ދިވެހިރާއްޖެ
އިޢުލާނު
މިސްކޫލަށް ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
2 އަހަރު ދުވަހުގެ މުއްދަތަށް 280 އަކަފޫޓަށްވުރެ ކުޑަނޫން ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL-B/GS152/2017/17 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެއިޢުލާން ބާތިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، ގުދަނެއް ކުއްޔަށް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 3 ޖުލައި 2017 ވާ ހޯމަ ދުވަހުގެ މެންދުރު 1:00 އަށް މިސްކޫލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 5 ޖުލައި 2017 ވާ ބުދަ ދުވަހުގެ މެންދުރު 1:00 އަށް މިސްކޫލުގެ އިދާރާއަށް ޙާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހަޅުއްވަންވާނީ، މިކަމުގެ މަޢުލޫމާތު އެކުލެވޭގޮތަށް މިސްކޫލުން ތައްޔާރުކޮށްފައިވާ ބީލަން ހުށަހަޅާ ފޯމުންނެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީ އަކާއިއެކު ފޮނުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
20 ރަމަޟާން 1438
15 ޖޫން 2017