ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-1B/426/2017/87
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 16:37
ސުންގަޑި: 02 ޖުލައި 2017 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

އިޢުލާން

ދިވެހި މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ ޢަމަލީ ތަޖުރިބާ ފޯރުކޮށްދީ، ލޭނު އެޅުމަށް ބޭނުންކުރާ އާލާތްތަކަށް އަހުލުވެރިކުރުމުގެ ގޮތުން ލޭނު މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދެވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހަމަޖައްސަވާފައިވާ ގޮތުގެ މަތިން އެ ޕްރޮގްރާމް ކުރިޔަށް ދާނީ ތިއަރީ ސެޝަންތަކަކާއި، ޢަމަލީ މަސައްކަތްތަކެއްގެ މައްޗަށް ބަހާލެވިގެން ކަމަށާއި، ޢަމަލީ މަސައްކަތް ކުރިޔަށް ގެންދާނީ ލޭނު އެޅުމަށް ޚާއްޞަކޮށްގެން ތައްޔާރު ކޮށްފައިވާ އުޅަނދުފަހަރުގައި ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން އަންގަވާފައިވުމާއެކު، މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2 ޖުލައި 2017 ވާ އާދީއްތަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއޮފީހުގައި ނަން ނޯޓުކުރެއްވުމަށް ޢާއްމުކޮށް އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.

19 ރަމަޟާން 1438

14 ޖޫން 2017