ދިވެހިރާއްޖެ
ޕާކުހަޓް ކުއްޔަށް ދޫކުރުން
ކުރިން ބީޗުސްޕޮޓް ހިންގި ބިން "ޕާކްހަޓް" 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ކުރެވުނު މިއިދާރާގެ ނަންބަރު 401-IUL(MU)/2016/65 (18 ސެޕްޓެމްބަރ 2016) އިޢުލާން ބާތިލް ކުރުމަށްފަހު، މިކަމަށް ސައުޤުވެރިވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ކުއްޔަށް ދޫކުރާ ބިމާބެހޭ މަޢުލޫމާތު
| 
 ބިންއޮތް ތަން  | 
 ބިމުގެ ބޮޑުމިން  | 
 ކުއްޔަށްދޭ ބޭނުން  | 
| 
 ހުޅަނގުން ބަނދަރުމަގާއި އިންވެގެން، އިރުން ބޮޑުތަކުރުފާނުމަގާއި އިންވެގެން، ދެކުނުން ކުޑަކުދިންގެ ޕާކް އަދި އުތުރުން އަންދަލީބުމަގާއި އިންވެގެން  | 
 7903 އަކަފޫޓް  | 
 ރެސްޓޯރެންޓް ހިންގުމާއެކު އެހެން ވިޔަފާރިއެއް ކުރުން  | 
ބިން ކުއްޔަށް ދޫކުރުމާއި ބެހޭ މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ހުށަހެޅުން
  | 
 22 ޖޫން 2017 (ބުރާސްފަތި)، 11:00  | 
  | 
 02 ޖުލައި 2017 (އާދީއްތަ)، 11:00  | 
ވީމާ، މިބިން ކުއްޔަށް ނެންގެވުމަށް ސައުޤުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވަގުތަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް އަދި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތަކީ ދިވެހި ރައްޔިތަކަށް ވާންޖެހޭނެއެވެ.
14 ޖޫން 2017
19 ރަމަޟާން 1438