ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެޓޯލް ރޭންޖަރ 1 ލޯންޗުގެ ގެގަނޑު ފައިބަރުން ހަދާ ވިންޑް ޝީލްޑް ހަރުކޮށް ފައިބަރު ސިޑި ހަދާ، ކުރީކޮޅު ޗެންޗޭނުގެ ބަނޑިފިލުވުމުގެ މަސައްކަތާއި ކަރަންޓު ވަޔަރިންގާއި ލައިޓްތައް ރަގަޅުކުރުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ހިމެނޭ 'މައުލޫމާތު ޝީޓް' މި ޢިއުލާނާއި އެކު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ޖުލައި 04 ވާ އަންގާރަ ދުވަހުގެ 13:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާވް އޮފީހުގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 ޖުލައި 04 ވާ އަންގާރަ ދުވަހުގެ 13:00 ގައި ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯނު: 3018341 960+ ، ފެކްސް: 3018301 960+
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv