މަސައްކަތް
ނަންބަރު: (IUL)23-AP/23/2017/99
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 22 ޖޫން 2017 11:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކ.ގުރައިދޫ، ކ.ގާފަރު އަދި ގއ.ކޮލަމާފުށި ޞިއްޙީމަރުކަޒުގައި ބޭނުންކުރަމުންދާ އެމްބިއުލާންސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

                        އިޢުލާން

 

          ކ.ގުރައިދޫ، ކ.ގާފަރު އަދި ގއ.ކޮލަމާފުށި ޞިއްޙީމަރުކަޒުގައި ބޭނުންކުރަމުންދާ އެމްބިއުލާންސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް 18 މޭ 2017 ގައި ކުރެވުނު ނަންބަރު 78/2017/23/AP-23 (IUL) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވާ ފަރާތްތަކުންގެ މައުލޫމާތު ފުރިހަމަ ނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލީމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 22 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 3 ޖުލައި 2017 ވާ ހޯމަ ދުވަހު ހެނދުނު 9:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

19 ރަމަޟާން 1438

14 ޖޫން 2017