ދިވެހިރާއްޖެ
`
ށ. އަތޮޅުމަދަރުސާ
ށ. ކަނޑިތީމު / ދިވެހިރާއްޖެ ނަންބަރ:GS34/2017/12
އިޢްލާން
ނަންބަރ:GS34/2017/12 | |
އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު
މި މަދަރުސާގެ އެސެމްބްލީ އޭރިޔާގެ ކަރަންޓު ވިއުގަ ބަދަލުކުރުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަދަރުސާގެ އެސެމްބްލީ އޭރިޔާގެ ކަރަންޓު ވިއުގަ
ބަދަލުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖޫން 2017 ވާ ހޯމަ ދުވަހުގެ 13:00 ގައި މިމަދަރުސާއަށް
ޙާޟިރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 21 ޖޫން 2017 ވާ ބުދަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ޙާޟިރުވެދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " އެސެމްބްލީ އޭރިޔާގެ ކަރަންޓު ވިއުގަ ބަދަލުކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.
އަދި ދަންނަވެމެވެ. 19 ޖޫން 2017 ވާ ހޯމަ ދުވަހުގެ 13:00 ގައި އޮންނަ މަޢުލޫމާތު ދިނުމުގެ ސެޝަނަށް
ޙާޟިރުވެނުލައްވާ، މަޢުލޫމާތު ކަރުދާސް ނުގެންދަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 6540059 ނަންބަރު ފޯނާއެވެ.
އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.
17 ރަމަޟާން 1438
12 ޖޫން 2017