ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)220-MTR/1/2017/50
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 23:01
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ފަސްކުރުން

އިޢުލާން

 

2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި އަންނަނީ މި ހިނގާ ޖޫންމަހުގެ ފަހު ހަފްތާގައި ކަމަށްވެފައި، މި ހަފްތާއަކީ ފިތުރު ޢީދާ ގުޅިގެން ބަންދު ދުވަސްތަކެއް އަންނަ ހަފްތާއަކަށްވާތީ، ޓެކްސްދައްކާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޓެކްސްބަޔާންތަކާއި މާލީ ހިސާބުތައް ތައްޔާރުކުރުމަށް ވަގުތު ދިނުމުގެ ގޮތުން 2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި 16 ޖުލައި 2017 އަށް ފަސްކޮށްފީމެވެ.  އަދި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ބޭނުމަށް ކުންފުނިތަކުން 2016 ވަނަ އަހަރުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ހުށަހަޅަން ޖެހޭ ސުންގަޑިވެސް ވަނީ 16 ޖުލައި 2017 އަށް ފަސްކުރެވިފައެވެ.

ނަމަވެސް، 2017 ވަނަ އަހަރުގެ މޭ މަހުގެ ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ 2 ޖުލައި 2017 ކަމުގައި ދެންނެވީމެވެ.

18 ރަމަޟާން 1438

13 ޖޫން 2017