ދިވެހިރާއްޖެ
އިޢުލާނު
ކޮންޓްރެކްޓް އުޞޫލުން މަސްޖިދުލް އީމާން ފޮޅާ ސާފުކުރުމާއި ގުޅޭ
މިރަށު މަސްޖިދުލް އީމާން ކޮންޓްރެކްޓް އުޞޫލުން ކުނިކަހާ ފޮޅާ ސާފުކުރުމާއި ފާޚާނާތައް ބެލެހެއްޓުމާއި އަދި ވަށައިގެންވާ މަގުތަކާއި ގޯޅިތައް ސާފުކުރުމާއި މިސްކިތު އިމާމެއްގެ ގޮތުގައި ބަންގި ގޮވުން ނޫން ހުރިހާކަމެއް (ބޮޑެތި މަރާމާތުތައް ފިޔަވައި) 01 ޖުލައި 2017 އިން ފެށިގެން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
މަޢުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކްޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ކުންފުނި/ވިޔަފާރި އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަންގެ ސެޓްފިކެޓްގެ ކޮޕީއެއް ގެންނަންވާނެ އެވެ.ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ އެކަން ބަޔާން ކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން ކުންފުނި/ވިޔަފާރި އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަންގެ ސެޓްފިކެޓާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއަކުން ސިޓީ އުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީ އުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ މަސައްކަތުގެ ނަމާއި ހުށަހަޅުއްވާ ފަރާތުގެ ނަން ލިޔުއްވާފައި އޮންނަން ވާނެ އެވެ.
މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 18 ޖޫން 2017 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި އިދާރާގައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޖޫން 2017 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ބިޑް އިވެލުއޭޓް ކުުރުމުގައި މާކްސް ދެވޭނެ ގޮތުގެ ތަފްޞީލް
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސްދެވޭ ގޮތް |
ތަފްޞީލް |
ފޯމިއުލާ |
އަގު |
%85 |
ހުޅަހަޅާ އަގަށްދެވޭ މާކްސް މާކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެންކުރައިޓީ ރިއާއަށް އެ ލޮކޭޓްކޮށްފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބެނީ އެންމެ ކުޑަ އަގަކަށް |
|
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސްދެވޭ ގޮތް |
ތަފްޞީލް |
ފޯމިއުލާ |
ތަޖްރިބާ |
15% |
ތަޖުރިބާއަށް ދެވޭ މާކްސް މާކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ މުއްދަތުގެ ތެރެއިން އެންމެ ދިގު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން %އެއް މިގޮތުން އެންމެ ގިނަ މާކްސް ލިބެނީ އެންމެ ދިގު މުއްދަތަށް |
|
01- ބިޑް އިވެލުއޭޓް ކުރާނީ މި އިދާރާގެ ފަރާތުން އެކުލަވާލެވޭ ބިޑް އިވެލުއޭޝަން ކޮމިޓީ އަކުންނެވެ.
02- ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޝަރުތު ފުރިހަމަވާ އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް މި މަސައްކަތް ޙަވާލު ކުރެވޭނެ އެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެނގޭނެއެވެ.
03– ބިޑް އިވެލުއޭޝަނަށްފަހު އެއްވެސް ޝަކުވާއެއް އޮތް ނަމަ ސިޓީއަކުން މި އިދާރާއަށް ހުށަހެޅުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން
އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި އިޢުލާން ނަމްބަރ ލިޔެފައި އޮންނަން ވާނެ އެވެ. އަދި ތިރީގައި ވާގޮތަށް އެޑްރެސް ކުރެވިފައި އޮންނަން ވާނެ އެވެ.
ދ. ބަނޑިދޫ ކައުންސިލްގެ އިދާރާ
ދ. ބަނޑިދޫ ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުޅުވުން
އަންދާސީ ހިސާބު ހުޅުވާނީ 20 ޖޫން 2017 ވަނަ ދުވަހުގެ ހެނދުނު 13.00 ގައި މި އިދާރާއަށް ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ފަރާތްތަކާއި އެއް ޙާޟިރީ އެއްގައެވެ. އަދި ހުށަހަޅާފައިވާ ހުށަހެޅުން ތަކުގެ ތަފްޞީލް ތައް އިވެލުއޭޝަން ފޯމުގައި ފުރިހަމަ ކުރެއްވުމަށްފަހު ސޮއި ކުރެވޭނެއެވެ. އަދި އެއަށްފަހު ބިޑް އިވެލުއޭޓް ކުރުމަށްޓަކައި ދ. ބަނޑިދޫ ކައުންސިލްގެ އިދާރާއިން އެކުލަވާލާފައިވާ ބިޑްއިވެލުއޭޝަން ކޮމިޓީއަށް ހުރިހާ ލިޔުންތައް ހުށަހެޅޭނެއެވެ. އަދި އިވެލުއޭޝަން ކޮމިޓީން ބިޑް އިވެލުއޭޓް ކުރުމަށްފަހު އެކަން ކައުންސިލް އިދާރާއަށް އެންގުމުން ބިޑް ކާމިޔާބު ކުރެއްވި ފަރާތަށް އަދި ބިޑް ހުށަހެޅުއްވި ހުރިހާ ފަރާތްތަކަށް ކައުންސިލް އިދާރާގެ ލިޔުމަކުން އަންގާނެއެވެ. ބިޑް މީޓިންގ ގައި އެއްވެސް ޑޮކިއުމެންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.