ދިވެހިރާއްޖެ
އިޢުލާން
ކުނިކޮށި ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް.
މި އިދާރާއިން މިރަށުގައި ހަދާފައިވާ ވަގުތީ ކުނިކޮށިތައް، ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި އިދާރާގެ ނަންބަރ (IUL)399-MS/399/2017/53 އިޢުލާނާއި
ގުޅިގެން އެކަށީގެންވާ މިންވަރަށް މީހުންގެ ފަރާތުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އެ އިޢުލާނު ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
| 
 #  | 
 އަވަށް  | 
 ޙާޒިރުވާންޖެހޭ ތަން  | 
 ތާރީޚް  | 
 ގަޑި  | 
| 
 1  | 
 މަޢުލޫމާތު ސާފުކުރުން  | 
 ލ. ގަމު ކައުންސިލްގެ އިދާރާ  | 
 19 ޖޫން 2017  | 
 11:30  | 
| 
 2  | 
 އެސްޓިމޭޓް ހުށަހެޅުން  | 
 ލ. ގަމު ކައުންސިލްގެ އިދާރާ  | 
 22 ޖޫން 2017  | 
 11:30  | 
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް މަޢުލޫމާތު ސާފުކުރެއްވޭނީ، ކޮންމެވެސް އެއްފަރާތެއްގެ ނަމުގައެވެ. މައުލޫމާތު ސާފުކުރެއްވުމަށާއި، އެސްޓިމޭޓް ހުށަހެޅުމަށް، ކަނޑައެޅިގައިވާ ގަޑިއަށްވުރެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް، ފުރުޞަތު ނުދެވޭނެ ކަމުގައިވެސް ދެންނެވީމެވެ.
18 ރަމަޟާން 1438
13 ޖޫން 2017
މުޙައްމަދު ޝިޔާމް
ކައުންސިލްގެ ރައީސް