ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177-A1/1/2017/8
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 18 ޖޫން 2017 14:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
މިސްރުގެ މިނިސްޓްރީ އޮފް ކަލްޗަރއިން ބާއްވާ "އިސްލާމިއާ ފެސްޓިވަލް ފޮރ ޓްރެޑިޝަނަލް އާރޓްސް" ފެސްޓިވަލްގައި ދިވެހިރާއްޖެ 20-25 އޮގަސްޓް 2017 ގައި ބައިވެރިވުމުގެ ފުރުޞަތު

20 އޯގަސްޓް 2017 ން 25 އޯގަސްޓް 2017 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "އިސްމާލިއާ ފެސްޓިވަލް ފޮރ ޓްރެޑިޝަނަލް އާރޓްސް" ގައި ދިވެހިރާއްޖެ ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

އެގޮތުން މިފެސްޓިވަލްގައި ބައިވެރިވެވޭނީ އެޑްމިނިސްޓްރޭޓަރއާއެކު 13 މެމްބަރުންގެ މައްޗައް އެކުލެވޭ ޓްރޫޕަކަށެވެ. މި ޓްރޫޕްގެ މެމްބަރުންނަށް އެކޮމަޑޭޝަން، ކެއުން އަދި ލޯކަލް ޓްރާންސްޕޯޓް ހަމަޖައްސަވައިދެއްވާނެކަމަށްވަނީ މިސްރުގެ މިނިސްޓްރީ އޮފް ކަލްޗަރ އިންނެވެ. އެހެންނަމަވެސް ދަތުރު ޚަރަދު އަދި ހެލްތް އިންޝުއަރެންސް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ އަމިއްލައަށެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 18 ޖޫން 2017 ކުރިން މިސެންޓަރަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް މިސެންޓަރުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3832   334 ނަންބަރު ފޯނަށެވެ.

13 ޖޫން 2017