ދިވެހިރާއްޖެ
ނަންބަރ: 35/IUL)22-G/22/2017)
އިޢުލާން
ޢަރަބިއްޔާ ސްކޫލް އިމާރާތުގެ ފުރިހަމަ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި މިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ތަކެތީގައި ޢަރަބިއްޔާ ސްކޫލް އިމާރާތުގެ ފުރިހަމަ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހެދުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 9 ވަނަ ފަންގިފިލާ) އަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
18 ޖޫން 2017 ވާ އާދިއްތަ ދުވަހުގެ 11:00 އަށް |
22 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް |
މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު ނަންބަރ (2014/18)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރ (2014/19) (އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 3341127 ނުވަތަ 3341126 ފޯނަށް ގުޅުއްވުން އެދެމެވެ.
17 ރަމަޟާން 1438
12 ޖޫން 2017