މަސައްކަތް
ނަންބަރު: IUL374-C/374/2017/23
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 21 ޖޫން 2017 14:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
04 ޕިކަޕް ގަތުމަށް އެދި

ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްގެ މައްޗަށް ލާމަޒިމްކުރާ ކަންކަމުގެ ތެރޭގައި ހިމެނޭ "ރަށްޔިތުންނަށް އުނދަގޫ ނުފޯރާ ގޮތެއްގެމަތިން ކުނިނައްތާލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް" ކުރަންޖެހޭ މަސައްކަތްތައް މިކައުންސިލްގެ ފަރާތުން މިގެންދަނީ ކުރަމުންނެވެ. މިގޮތުން މިރަށުގައި ޒަމާނާ އެއްގޮތަށް އަލަށް ޤާއިމްކުރެވޭ ކުނި މެނޭޖްކުރާ ސެންޓަރަށް ހޯދަން ބޭނުންވާ ތަކެތީގެ ތެރެއިން މިދަންނަވާ ތަކެތި މިކައުންސިލަށް ގަންނަން ބޭނުންވެއްޖެއެވެ.

  • ·       04 ރަށު ޕިކަޕް (1200 ކިލޯއަށްވުރެ ދަށްނޫން)

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން

ފ. ނިލަންދޫ ކައުންސިލްގެ އިދާރާގައި

މަޢުލޫމާތު ސާފުުކޮށްދިނުން

21 ޖޫން 2017 ބުދަދުވަހުގެ 14:00 ގެ ކުރިން

 އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ކެނޑުން

03 ޖުލައި 2017 ހޯމަ ދުވަހުގެ 11:00 ގައި

 

އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ.ނިލަންދޫގައި ޤާއިމްކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ބޭނުންވާ 04 ރަށު ޕިކަޕް ވިއްކުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑި ޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6740016 ނުވަތަ 7905438 ނަންބަރު ފޯނަށެވެ. 

12 ޖޫން 2017